ކ - މާލެ - ހ.ނަސްރީނު ގޯތި – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00399

1371ހ ސަފަރު 23(1951މ ނޮވެންބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާގާ، ކުރަނގި އާބަކުރުފުޅުގެ ދަރި މުހައްމަދު މާމުދިންކަލޭފާނުގެ މިލްކަމުގާ، 1351ހ ރަބީލްއައްވަލް 1(1932މ ޖުލައި 5)ގާ، އަލްގާޒީ ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެދެއްވާފާވާ، މައްޗަންގޯޅި ދެވިނަމަގާ އިންވެ އިރުން އޮތް، އަލަމާގޯތި އާއި، އޭނާ އިނދެގެންއުޅުނު ލިޔާކޮއިގެ ތުއްތުގެ މިލްކެއްކަމުގާ، 1351ހ ރަބީލްއައްވަލް 2(1932މ ޖުލައި 6)ގާ، ހަމަ އެ މަޖިލީހުން ފަތްލިޔެދެއްވާފާވާ، ގަލޮޅު ނަސްރީނު ގޯއްޗާއި، މި ދެގޯތި، ދައުލަތަށް ބޭނުންވެގެން، ހެންވޭރު ސޯސަންމަގު ހުޅަނގުން، އެދެގޯއްޗާ އިންވެ އޮތް ބަންޑާރަ ބިމަކުން، އެ ދެގޯތީގެ ބޮޑުމިނަށް ތަންނަގާ ހަމަކޮށް، ލާޖަށްސާ، އެ ބަންޑާރަބައިން ނެގި ގޯތި، ލިޔާކޮއި ތުއްތުގެ އެދުމުގެމަތިން، އޭނާ އާއި އެ މާމުދިން ކަލޭފާނުގެ ދެދަރިން ކަމުގާވާ، މަރިޔަމްފުޅު އަށާއި ދޮންކަމަނަ އާއި ދެބެންނަށް ހިބައިން ދީފިކަމުގާ ބުނެ، އެމަގަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން މަހްކަމަތުލް ޝަރީޔާއަށް ހުށައަޅާ، އެ މަހްކަމާއިން، އެއީ ސައްހަކަމެއް ކަމުގާ ނިންމަވާ، ހ-172 ސިޓީން އެންގެވުމުން، ލާޖަށްސާ، އަމިއްލަވި އެގޯތި(ހ.ނަސްރީނުގެ) އެއީ، އެ ދެބެންގެ މިލްކެއްކަމުގާ ބަޔާންކޮށް، އެ ވުޒާރާއިން، ލިޔެދީފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 23 October 1951 about the ownership of the land Henveiru Nasreenu Goathi.(Size: 8.85" X 6.7")

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1950s
date 1951
format Physical Medium
language Dhivehi
language Thaana
recordNumber R00399
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Male'-- Private property
title K - Male' - H.Nasreenu Goathi - Amilla Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from