ކ - މާލެ - މއ.ފޮނިލުނބޯގެ – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00397

1379ހ ރަޖަބް 25(1960މ ޖަނަވަރީ 25)ގާ، ވުޒާރަތުލް ދާހިލިއްޔާގާ، މައްޗަންގޯޅި ކުރިކީލަމަގާއި އިންވެ އުތުރުން، ޖަހާމުގުރިގެ އާއި އިންވެ އިރުން، ތުއްތުމަންޖެ ޅަސޮރަށް މިލްކުވެފާވާ ގޯތީން، އޭނާގެ ތަރިކެވެރިޔެއް ކަމުގާވާ، ވޮއްކޮޅު ދޮންކަމަނައަށް ވީ 4/1(ފޮނިލުނބޯގެ) ވަކިކޮށްދިނުމަށް އެދުމުން، އެކަން ބަށްލަވާ، އެތަނުގެ އިހުފަތުން، އެ މައި ގޯތި، ކޮތަރިވިލާގެ ނަމުގާވާ، ބަޑިކޮށީ އެދުރުމަނިކު އަތުން، އެޅަސޮރު ގަތް ގޯއްޗެއް ކަމުގާ ސާބިތުވެ، އަދި ތުއްތުމަންޖެ ޅަސޮރުގެ 4 ތަރިކަވެރިންކަމުގާވާ، ޅަސޮރު ތުއްތު، މުހައްމަދު ފުޅު، ހޮޅިކޮށީގޭ ދޮންމަނިކު އަދި ވޮށްކޮޅު ދޮންކަމަނައަށް ހަމަހަމަޔަށް ބަހާ، އެ ވޮއްކޮޅު ދޮންކަމަނަޔަށް ގޯތީގެ 4/1 ލިބިފާވާ ގޯއްޗެއްކަން، މަހްކަމަތުލް ޝަރިއްޔާއިން، 1378ހ ޖުމާދިލްއާހިރު 8(1958މ ޑިސެންބަރު 19)ގާ، ވުޒާރަތުލް ދާހިލިއްޔާ އަށް ފޮނުއްވާފާވާ 3-59/101 ސިޓީން ނާއި، އެ މީހުންގެ މުދާ ބެހުމުގެ ކަރުދާހުގާވާ ލިޔުމުންނާއި، އޭރު ދުނިޔޭގާ ތިބި ޅަސޮރުގެ ދަރިކޮޅު މީހުންނާއި، ހޮޅިކޮށީ ތުއްތުމަނިމުކެގެ ބަހުން ސާބިތުވުމުން، މއ.ކޮތަރިވިލާގޭ، ހުޅަނގުދެކުނު ކަނުން އެ 4/1ބޮޑުމިން ނަގާ، އެ(ފޮނިލުނބޯގެ) ވަކިކޮށް، އެއީ ވޮއްކޮޅު ދޮންކަމަނަގެ މިލްކެއްކަމުގާ ލިޔެފާވާ ފަތުގެ ނަކަލެއް. A confirmation report originally written on 25 October 1960 about the owner of the land Machchangoalhi. Fonilunboage. (Size: 8.85" X 6.7")

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1960s
date 1960
format Physical Medium
language Dhivehi
language Thaana
recordNumber R00397
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Fonilun'boage-- Housing plot-- Private property
title K - Male' - Ma.Fonilun'boage - Amilla Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from