ކ - މާލެ– ކުޑަދަހަރާ ތަކުރުފާނު & ދީދީ ފަޑިޔަތް ތަކުރުފާނު – ވަގުފް(މުދާ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00392

(ތާރީހެއް ނެތް) އިބްރާހީމް ޝިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު (1201ހ – 1246ހ)ގެ ޝަރީޔަތު މަޖިލީހަށް، ކުޑަދަހަރާ ތަކުރުފާނުގެ ވަގުފާއި، ދީދީ ފަޑިޔަތް ތަކުރުފާނުގެ ވަގުފްއާ މިދެ ވަގުފްގެ ހަވާލުވެރިޔާ އައިސް؛ އެ ދެވަގުފްގެ ފަތް ބާވެގެން އަލުން ފަތެއް ލިޔެދެއްވުމަށް އެދުމުން، ބާފަތް ބެއްލެވިއިރު، އެފަތަކީ، އެ ދެ ވަގުފްގެ ހަވާލުވެރިކަން ލަށްވާފާވާ ކުޑަދަހަރާ ތަކުރުފާނުގެ ދަރި ކަދީދާ ފާނުންގެ ދަރި ތުއްބީފާނުން، ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ދަރުބާރުގާ، އޭނާޔަށް ހަވާލުވެފާވާ މި ދެ ވަގުފްގެ ، ހުރިހާ ފަތެއް، މުލަކަށް ދިޔަ ކިލެގެފާނައި އެކު އައި އިނގިރޭސިޔެއް ގެންގޮސް އަންދާލާ ނަގާލައިފި ކަމުގަޔާ، އެހެންވެ އެވަގުފްތަކުގާ ހުރި ހުރިހާއެއްޗެއް، އޭނާ މައްޗަށްލައްވާ އަލުން ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ވަގުފްގެ މައްޗަށް ހުރި އެއްޗެހި ބަށްލަވާ، އެ ކުޑަދަހަރާ ތަކުރުފާނު ވަގުފްކުރެއްވި ކަމަށް ސާބިތުވަނީ، ހުވަދޫ މަދިރި ވިނިގިލީއާ ޖެހިގެން އޮތް ފޭދޫއާއި، ކާޑެއްދޫއާ ޖެހިގެން އޮތް ރަހަދޫއާއި، ދެއްވަދޫ ރަސްގެފާނުން ހިއްޕަވާފާވާ، މާޅޮސްމަޑުލު ދެކުނުބުރިން ދެއްވި ހިރުއްދޫ އާއި، މިލަދުންމަޑުލު ފޯކައިދޫގާ ހުރި އެތަކުރުފާނުގެ މިލްކުގާވާ ރުއްގަހާ ދަނޑުފަގާ, ފޭދޫގާ އޮންނަ ރައްކާފުތު ހިންނަ އާއި، މާޅޮސްމަޑުލު ކަމަދޫގާ ހުރި އެތަކުރުފާނުގެ ރުއްގަސް ދަނޑުފަގާއި، އަރިއަތޮޅު އޮމަދޫގާވާ، ފަޑިއަތް ތަކުރުފާނުގެ ވަގުފްކަމަށް ސާބިތުވެ، އެ ކުޑަދަހަރާ ތަކުރުފާނުގެ މިލްކުގާ ހުރި ރުއްގަހާއި، ދަނޑުފަގެ، މިހުރިހާ އެއްޗެއް އެއީ މި ދެ ވަގުފްގެ މައްޗަށް ހުރި އެއްޗެތިކަމުގާ، ސާބިތުވުމުން، މި ދެ ވަގުފްގެ އެއްޗެތި، ކުޑަދަހަރާ ތަކުރުފާނާއި، ދީދީ ފަޑިއަތް ތަކުރުގެ ދަރިފަސްކޮޅަށް ހަވާލުވެރިކަން ލަށްވާ، މި ދެދަރިކޮޅުން އައި ކަތްދާފާނުންގެ ދަރި ތުއްބީފާނުންގެ ދަރިޅަށް އެވަގުފްގެ ހަވާލުވެރިކަން ހުރިކަމަށް، ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރު ކަލޭފާނު….މި ފަތުގެ ފަހުބައެއް ނެތް... އަދި ފަތުގެ ނުފުށުގާ، 'ކަކައިގޭ ތުއްތު މަނިއްޕުޅުގެންނެވި މުދަލެއް ވަގުފް' ލިޔެފާ ވެއެ K - Male' - Endowment for property .(Size: 8.1" X 11") Chief Justices - Al Ghaazee Ibrahim Sirajuddin

View in graph → Edit →

Properties

contributor -
coverage -
date -
format Physical Medium
language Dhivehi
language Thaana
recordNumber R00392
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Endowment for property
title K - Male' - Kuda Dhaharaa Thakurufaanu & Didi Fandiyah Thakurufaanu - Vaguf (Mudha) Fatheh
transferredRecord Yes
type Manuscript

Links to

Linked from