ކ - މާލެ – ހ.މެދުޒިޔާރަތްދޮށު ގޯތީގެ ބައެއް – ރިޕޯޓެއް(ޝަރީޔަތް ނިމުނު) - ނަކަލެއް

Record · http://example.org/archive/record-acc-95bc9f86-r00386

12081374ހ ރަމްލޯނު 9(1858މ އޭޕްރިލް 23)ގާ، މަހްކަމަތުލް ޝަރިއްޔާއިން، މުހައްމަދު އިސްމާއީލް ދީދީ ހުށައަޅުއްވާފާވާ، ހ.މެދުޒިޔާރަތްދޮށު ގޯތިން، ބައްލަވައިގެން ބައެއްގެ މައްސަލަ ބެއްލެވިއިރު، ގޮލޮޅުގޭ މުހައްމަދު ދީދީގެ ތުއްތު އަލީ ދީދީ އާއި ޒުލޭހާ ދީދީ އަށާއި، މެދުޒިޔާރަތްދޮށު ގޯތިންވާ ބައިން، ބައެއް(10ފx50ދ) ވިއްކަން އުޅުމުން، ތުއްތު އަލީ ދީދީ އަކީ ތަސައްރަފު ނުފުދޭ ބޭފުޅަކަށް ވުމުން، އޭނާގެ ބަލަދުވެރިއަކަށް ހުންނެވި، އައްނަބީލު އިބްރާހީމް ފަރީދު ދީދީ އެކަން ގަބޫލު ކުރަށްވާ، މެދުޒިޔާރަތްދޮށު ގޯތީގެ ދެކުނު ބިތުން މަތީގާ ބުނެވިފާވާ ބޮޑުމިން، -/1500ރުފިޔާއަށް، މުހައްމަދު އިސްމާއީލް ދީދީއަސް ވިއްކާ، ފައިސާދީ ހަލާސްކުރިކަމުގާ ސާބިތުވެ، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ މިން އެޅިއިރު، އެތާގެ ދިގުމިނުގާ ވަނީ 42ރިޔަން ކަމުން، މުހައްމަދު އިސްމާއީލް ދީދީ އާއި ވާހަކަދެއްކުމުން، އެބޮޑުމިން އޭނާ ގަބޫލްކޮށް، އަގުން ގިނަވިބައިވެސް ދޫކޮށްލެއްވުމުން، އެމައްސަލަ އެގޮތަށް ނިންމާ، ލިޔެދީފާވާ ރިޕޯޓެއްގެ، 1962މ ފެބްރުވަރީ 17(1381ހ ރަމްލޯނު 12)ގާ ކޮށްފާވާ ނަކަލެއް. Report on Sharia's decision, regarding the land issue in Henveiru Medhuziyaaraiidhoshuge (Size: 8.8" X 6.7") K - Male' - Part of H.Medhuziyaaraiy Goathi (Housing Plot) - Report

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1850s
date 1858
format Physical Medium
language Dhivehi
language Thaana
recordNumber R00386
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Medhuziyaaraiy Goathi-- Housing plot-- Report
title K - Male' - H.Medhuziyaaraiy Dhoshu Goathige Bayeh - Reporteh (Shariyah Ninmun)
transferredRecord Yes
type Manuscript

Links to

Linked from