ކ - މާލެ – މ.ދޭވާނީ އާދަމްފުޅުގެ ކުޑަކޮއްކޮގެ ގޯތި(ބޮނޑިބަތްގެ؟)
Record
· http://example.org/archive/record-acc-95bc9f86-r00379
1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީއްޔާ އިން؛ ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ މަޖުލީހަށް، ދޭވާނީ އާދަމްފުޅުގެ ދަރި ބޮޑިބަތްގޭ ކުޑަކޮއްކޮ އާއި ކުޑަތުއްތު ހާޒިރުވެތިބެ، އެމީހުންގެ ބައްޕަގެ ގޯތި ބަހައިގެން، އޭނާއަށް ލިބުނު، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން އޮތް ގޯތި، އޭނާ ކުޑަބޭބޭ ކިޔާ، އެކުޑަތުއްތުއަށް ވިއްކާ އެ ވިޔަފާރި ނިމި، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ކުޑަކޮއްކޮ އެދުމުން؛ އެކަން ބަށްލަވާ، 1287ހ(1870މ)ގާ، އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން ހިރިމަރަދޫ އިސްމާއީލް ތަކުރަށް މިލްކުވެފާވާ ކަމަށާ، އަދި އޭގެ ފަހުން އޭނާގެ 5 ދަރިންކުރެ، ދޮންކަމަނައަށް ވީތަން ނޫން އެންމެހާ ބައިބައި، ދޭވާނީ އާދަމް ފުޅަށް ވިއްކާ، އޭނާ މިލްކުކޮށްފާވާކަން، 1318ހ(1900މ)ގާ، އައްނައިބު އީސަލް މުލަކީ ގެދަރި އައްޝެއިހު މުހައްމަދު ލިޔެފާވާ ފަތަކުން ސާބިތުވެ، އޭނާ ނިޔާވުމުން، 1329ހ(1911މ)ގާ، އޭނާގެ ވާރުތަވެރިންނަށް ގޯތި ބަހައިގެން، ކުޑަތުއްތުއަށް، އެގޯތި މިލްކުވެފާވާކަމުގާ ފަނޑިޔާރުގެއަށް ސާބިތުވެފާވުމުން، އެ ވިޔަފާރި ސައްހަ ކަމުގާ ނިޔާ ކުރައްވާ، ދައުލަތުން މަގު ތެދުކުރެއްވުމުން، އެ ގޯއްތިން އުނިވީތަން، 1332ހ ސަފަރު(1914މ ޖަނަވަރީގާ)ގާ، ދައުލަތުން ހަމަކުރެއްވިކަމާއި، އެތަނުގެ މިން ބަޔާންކޮށް، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުންއޮތް މަގާ އިންވެ ދެކުނުން ވެލިދޫގޭ ކަތްދާ ދީދީ ގޯއްޗާ އިންވެ، ހުޅަނގުން ދެކުނުގޭ އަހުމަދު މަނިކު މިލްކުކޮށް އަތިރީގޭ އަބްދުލް މަޖީދުއަށް ވިއްކި ގޯއްޗާ އިންވެ އިރުން އޮތް، މި ގޯތި، އެއީ ދޭވާނީ އާދަމްފުޅުގެ ކުޑަކޮށްކޮގެ މިލްކެއް ކަމުގާ، ލިޔެދީފާވާ ފަތުގެ ނަކަލެއް.Document on land ownership: Maafannu Dheyvaanee (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - M.Bon'dibaiyge (Housing Plot) - Private Property
Properties
| contributor | - |
| coverage | Modern History |
| coverage | The 1920s |
| date | 1921 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00379 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Bon'dibaiyge-- Housing plot-- Private property |
| title | K - Male' - M.Dheyvaani Adamfulhuge Kuda Kokkoge Goathi (Bon'dibaiyge?) - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00379-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00379-id-1
Linked from
- record-acc-95bc9f86-r00379-oais-infoobject → hasRiCDescription