ކ - މާލެ – ހ.އިލޮޅިހަސަންފުޅުގޯތި - ވަގުފް ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00377

1321ހ ޝައްވާލް 12(1903މ ޑިސެންބަރު 31)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބުގެ ޝަރީއްޔަތު މަޖިލީހުގާ، ފާމުދޭރިގޭ އަހުމަދު މަނިކުގެ ދަރި ހެންވޭރުގަނޑުވަރު ކަކާގޭ އިބްރާހީމް މަނިކު އާއި، ކަބީލާ މޫސާފުޅު އާއި ހާޒިރުވެ ތިބި، ގަލޮޅު ކަޅުތުއްކަލާ މަގު ހުޅަނގުން އޮތް އިލޮޅި ހަސަންފުޅު ގޯތިން، ކަބީލާ ކާސިންފުޅު ވަގުފްކޮށްފާ އޮތް، ގަރަހިތަ މުހައްމަދުފުޅަށް މިލްކުވެފާވާ ބައިގެ އުތުރުން އޮތް ބައިން، ކަބީލާ މޫސާ ފުޅު އަށާއި، ކަބީލާގޭ ދީދީގެ ގޮމާގެ ދޮށީގޮމަޔަށާއި 2މީހުންނަށް ވީތަން ތުއްތުގޮމަޔާ ހަވާލުކުރިކަމުގާ ބުނެ އެކަމުގެ މައްޗަށް، ފަތެއްލިޔެދެއްވުމަށް އެދުމުން؛ އެގޯތީގެ އިހުފަތް ބަށްލަވާ، އެ ގޯއްޗަކީ، އިލޮޅި ހަސަންފުޅުގެ ދަރިންނަށް މިލްކުވެ އޮތް ގޯއްޗެއް ކަމުގާ، އެގޯތީގެ އިމާއި، މިން ބަޔާންކޮށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާ ފަތަކުން ސާބިތުވެ، އަދި އެގޯތީގެ ބަޔެއް ބެހެނިވެރިން އަތުން، އެމީހުންނަށްވީ ބައިބައި، ކަބީލާ ކާސިންފުޅު ގަނެ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ ކަމާއި، އެތާގެ އިމާއި، މިން ހިމަނާ، 1309ހ(1892މ)ގާ، އަލްގާޒީ އަލީ ހުޝާމުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި ކާސިންފުޅު ގަނެ ވަގުފްކޮށްފާވާ ތަން އެކުގާ، ކަބީލާގޭ ތުއްތުގޮމަޔަށް ހަވާލުވެއްޖެ ކަމާއި، އެތާގެ އިމާއި، މިން ބަޔާންކޮށް، އައްނައިބު އަބްދުއްލޯ ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - H.Lhohi Goathi (Housing Plot) - Deed for housing plot

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1900s
date 1903
format Physical Medium
language Dhivehi
language Thaana
recordNumber R00377
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Lhohi Goathi-- Deed for housing plot
title K - Male' - H. Ilolhihassanfulhu Goathi - Vaguf Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from