ކ - މާލެ – މ.މެދުގެ/މ.ރަތްކޮކާގެ – އަމިއްލަ(ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00375

1375ހ ރަބީލްއައްވަލް 5(1955މ އޮކްޓޯބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1334ހ ޖުމާދިލްއައްވަލް 29(1916މ އޭޕްރިލް 3)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުން، މާފަންނު އޯކިޑްމަގާ އިންވެ އުތުރުން ލައިނޫންފަރުމަގާ އިންވެ ހުޅަނގުން އޮތް، ކަނޑޫދޫ އިބްރާހީމް ކަލޭފާނު، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާކަން ސާބިތުވެ، އަދި 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 21)ގާ، އެގޯތީގެ ބޮޑުމިން ތ.އެލާއިން ނަގާ ލާޖައްސާ، އެތަން، އެއިބްރާހީމް ކަލޭފާނުގެ ދަރިކޮޅަށް ކޮށްފާވާ ވަގުފްއަށް ދޫކޮށް، ދައުލަތަށް މިލްކުވެފާވާ ކަމުގާ، 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ލިޔެފާވާ ފަތުން ސާބިތުވާ، މ.މެދުގެ ކިޔާ ބަންޑާރަ ގޯތި އާއި، 1339ހ ޒުލްގައިދު 7(1921މ ޖުލައި 13)ގާ، ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(F4-24A)، މާފަންނު ފީރޯޒުމަގާ އިންވެ ދެކުނުން ކަރާދުނބުރިގެއާ އިންވެ އިރުން އޮތް، މޫސަލް މަހައްލީ ގެދަރި އަބްދުއްލޯ ކަމާލުދީނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އޭގެފަހުން، އައްޝެއިހު މުހައްމަދު ޖަމީލު ދީދީ އަށް އެތަން މިލްކުވެފާވާ ކަމުގާ، އެފަތުގެ ނުފުށުގާ، އަލީ ހުސެއިން ދީދީގެ މަޖިލީހުން ލިޔެފާވާ ލިޔުމަކުން (F4-24A)، ސާބިތުވާ، މ.ރަތްކޮކާގެ ކިޔާ ގޯތި އާއި، އެ ދެގޯތި، ލާޖެއްސުމަށް، މުހައްމަދު ޖަމީލު ދީދީ އެދުމުން، އެކަން ގަބޫލުކޮށް، އެދެގޯތި ބަދަލުކޮށް ލާޖައްސާ، މ.ރަތްކޮކާގެ ދައުލަތުގެ މިލްކު އަކަށްވެ، މ.މެދުގެ، މުހައްމަދު ޖަމީލު ދީދީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. Document on land ownership: Maafannu Medhuge (Size: 10" X 7.4") K - Male' - M.Medhuge (Housing Plot), M.Raiykokaage (Housing Plot) - Private Property, Housing plot (government)

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1950s
date 1955
format Physical Medium
language Dhivehi
language Thaana
recordNumber R00375
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Medhuge--Raiykokaage-- Housing plot-- Private property-- Government
title K - Male' - M.Medhuge/M.Raiykokaage - Amilla (Bandaara Goachaa Laajahsaafa) Fatheh
transferredRecord Yes
type Manuscript

Links to

Linked from