ކ - މާލެ – ގ.ފައިނުގެ ހުރި ގޯތި - އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00362
1339ހ ޒުލްގައިދު 28(1921މ އޯގަސްޓް 3)ގާ، މަހްކަމަތުލް ޝަރީއްޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއްޔަތު މަޖިލީސް އަށް؛ ފައިނު މޫސާގެ ދަރި އާދަނު ހާޒިރުވެ، އޭނާގެ ދެ ދަރިންގެ މަންމަ، ގޯޑު ހުސެއިން ކަލޭފާނުންގެ ދަރި މަރިޔަމްފުޅުގެ، ގަލޮޅުގާ، ފައްކާމަނިކު ގޯތީގެ ހުޅަނގުން އޮތް ހެންވޭރު އާއި ގަލޮޅުގެ ހަތަރުއަންގޮޅީގެ އެތެރެއިން ހުޅަނގަށް އޮތް ގޯޅީގެ އުތުރުން އޮތް ގޯތި، ސަރުކާރުން މަގުތައް ސީދާކުރުމުގެތެރޭގާ، ކުޑަވެފާވާތީ، އެތަން ހަމަކޮށްދެއްވާ ފަތްލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1352ހ(1933މ)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ލިޔެދެއްވާފާވާ ފަތުން(F3-12)، އެގޯއްޗަކީ، އެ މަރިޔމްފުޅު އަށް މިލްކުވެފާވާ ގޯއްޗެއްކަމާއި، އަދި އެތާގެ އިމާއި މިން ސާބިތުވުމުން، އެގޯތީގެ މިން ހަމަކުރަށްވާ، އެއީ، އެ މަރިޔަމް ފުޅުގެ ދެ ދަރިންނަށް؟؟/(މަރިޔަމްފުޅަށް؟؟) މިލްކުވެ އޮތްކަން ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ؛ ހުސެއިން ސަލާހުއްދީނު ލިޔެ، ސޮއިކޮށްފާވާ ފަތުގެ ނަކަލެއް. Document on land ownership: Galolhu Fainuge (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - G.Fainuge huri goathi (Housing Plot) - Private Property
Properties
| contributor | - |
| coverage | Modern History |
| coverage | The 1920s |
| date | 1921 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00362 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- G.Fainuge huri goathi-- Housing plot-- Private property |
| title | K - Male' - G.Fainuge Huri Goathi - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00362-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00362-id-1
Linked from
- record-acc-95bc9f86-r00362-oais-infoobject → hasRiCDescription