ކ - މާލެ - މއ.ނިކަގަސްދޮށުގެ - އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00357

1331ހ ޒުލގައިދު 21(1913 އޮކްޓޯބަރު 22)ގާ، މަހްކަމަތުލް ޝަރީއްޔާގެ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީސްއަށް، ބުޅި މަރިޔަމް ފުޅު އައިސް؛ އޭނާއަށް ލިބުނު، ނިކަގަސް މަގު އުތުރުން އޮތް، ތުރުކީކޮށީ އެދުރު ހުސެއިން މަނިކުގެ 3 ގޯތީގެ ތެރެއިން 1 ގޯތި، އޭނާގެ ޒައިނަބުގެ އަންހެން ދެ ދަރީންނަށް ހިބައިން ދިންކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ 3 ގޯތީގެ ކުރީގެ ފަތް ގެނެސް ބެއްލެވިއިރު، އެދުރުމަނިކު ވަނީ މިގޯތިތައް، ބުޅި މަރިޔަމްފުޅަށް މިލްކުކޮށް ދީފާކަން ސާބިތުވެ، އެ މަރިޔަމްފުޅު، އެނާގެ ޒައިނަބުގެ ދެދަރީންނަށް މިގޯތި ހިބައިން ދިން ދިނުން ސައްހަ ކަމުގާ ނިޔަކުރަށްވާ، ގޯތީގެ އިމާއި މިން ހިމަނާ، މޫސާ މަހައްލީގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި 2 ވަނަ ސަފްހާގައި؛ 1342 ހ ޖުމާދިލްއައްވަލް 1ގާ، މިފަތުގައި ބަޔާންކުރާ، މިގޯތިގެ ވެރީންކަމުގައިވާ ޒައިނަބުގެ ދެ އަންހެން ދަރީންގެ ތެރެއިން ދޮށީ ދަރި ނިޔާވުމުން، އޭނާގެ ބައްޕަ ކަހަބު ޅަކޮއެ އަށް ވާރުތަވުމުން، އޭނާ، އެބައި، އެގޯތީގެ އަނެއްބައިގެ މިލްކުވެރި، އެޒައިނަބުގެ ހަގު ދަރީގެ ފިރި، ދޮންނަ އަލީއަށް -/200 ރުފިޔާއަށް ވިއްކާ، އެދޮން އަލީއަށް އެބައިމިލްކުވެފާވާ ކަމުގާ، ފަނޑިޔާރުގެއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Document on land ow nership: Machchangoalhi Nikagasdhoshuge (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - Ma.Nikagasdhoshugei (Housing Plot) - Private Property

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1910s
date 1913
format Physical Medium
language Dhivehi
language Thaana
recordNumber R00357
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Nikagasdhoshugei-- Hosuing plot-- Private property
title K - Male' - Ma.Nikagasdhoshuge - Amilla Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from