ކ - މާލެ - މއ.ޖަންބުމާގެ – އަމިއްލަ(ގޯތި، ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00354
1371ހ ޝައްވާލް 10(1953މ ޖޫނު 22)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން، މައްޗަންގޯޅި ދަނބުރުއްމަގާ އިންވެ ހުޅަނގުން އޮތް، 1345ހ ޒުލްހައްޖު 27(1927މ ޖޫނު 27)ގާ، ސަލާހުއްދީނުގެ މަޖިލީހުން، އަލްއަމީރު އަލީ ދޮށިމޭނާ ކިލެގެފާނުގެ ގަލޮޅުގޭ އައިމިނަތު ދީދީއަށް، ކުނޑިގޯތި މިނަމުގާ، ފަތްލިޔެ، އޭނާ އަވަހާރަވުމުން ގަލޮޅުގޭ އިބްރާހީމް ދީދީއަށް މިލްކުވެ، އެދީދީ، ވައިކަރަދޫ މުހައްމަދު މަނިކު އަށް ހިބައިން ދެއްވާފައިވާ ގޯއްޗެއްކަމަށް، އެފަތުގެ ނުފުށުގާ، 1368ހ ރަމްލޯނު 1(1949މ ޖޫނު 28)ގާ އުއްތަމަ ފަނޑިޔާރުގެ ނައިބު މުހައްމަދު ނަސީރުމަނިކު ލިޔެދެއްވާފައިވާ ލިޔުމުން ސާބިތުވާ، މއ. ޖަސްތުކަފާގެ އާއި، މައްޗަންގޯޅި ކާމިނީމަގާ އިންވެ ހުޅަނގުން އޮތް، 1346ހ މުހައްރަމް 1(1927މ ޖުލައި 1)ގާ، ގަލޮޅުގޭ މުހައްމަދު ދީދީ އަށާއި ހިތިލާގެ ޅަދީދި އަށާއި، މިލްކުވެފާވާ ކަމުގާ ސަލާހުއްދީނު ބަންޑާރަނައިބު، ބޮއިގަސްދޮށުގެ، މިނަމުގާ ފަތްލިޔެދެއްވާ، އަދި މުހައްމަދު ދީދީ އަވަހާރަވުމުން، އޭނާގެ ބައި، ހިތިލާގޭ ޅަދީދިއަށް ހަލާލާލުބައެއްގެ ގޮތުގާ މިލްކުވެ، އޭނާ، ވައިކަރަދޫ މުހައްމަދު މަނިކުއަށް ހިބައިން ދީ، އެމަނިކަށް މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރީއްޔާއިން، 1361ހ ރަބީލްއާހިރު 13(1942މ އޭޕްރިލް 29)ގާ، ލިޔެދެއްވާފާވާ ލިޔުމަކުން ސާބިތުވާ، މއ.ޖަންބުގޯތި(ބޮއިގަސްދޮށުގޯތި)ގެ އެއަމިއްލަބަޔާ ޖެހިގެން އޮތް ބަންޑާރަތަން، ލާޖައްސާ، އެ ޖަސްތުކަފާގެއިން އިތުރުވީ ބަޔަށް ދައުލަތުން އަގުދެއްވާ، ޖަންބުމާގޭގާ އޮތް ބަންޑާރަބަޔާއި އަމިއްލަބަޔާއި އެކު، މުޅި އެގޯތި އެއީ ވައިކަރަދޫ މުހައްމަދު މަނިކުގެ މިލްކެއްކަމުގާ، އެ ވުޒާރައިން ލިޔެފާވާ ފަތުގެ ނަކަލެއް. Document on land ownership: Machchangoalhi Janbumaage (Size: 10" X 7.4") K - Male' - Ma.Janbumaage (Housing Plot) - Private Property, Housing plot (government)
Properties
| contributor | - |
| coverage | Modern History |
| coverage | The 1950s |
| date | 1953 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00354 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Janbumaage-- Housing plot-- Private property-- Government |
| title | K - Male' - Ma.Janbumaage - Amilla (Goathi, Bandaara Goacha Lajahsaafa) Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00354-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00354-id-1
Linked from
- record-acc-95bc9f86-r00354-oais-infoobject → hasRiCDescription