ކ - މާލެ – ހ.ބުޗާގޯތި – އަމިއްލަ(ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00339
1367ހ ސަފަރު 22(1948މ ޖަނަވަރީ 4)ގާ، މަހްކަމަތުލް ޝަރީއްޔާ އިން، 1340ހ ޝައްވާލް 25(1922މ ޖޫނު 21)ގާ، އައްނައިބު ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން، ބުޗާ މުހައްމަދުފުޅު ދަންޑެހެލު ތައްހާނު އަށާ ބުޗާ ކަޅުތުއްތު އަށް؟؟ މިލްކުވެފާވާ މާފަންނު ޗަނބޭލީގޯތިން، ބުޗާ ކަޅުތުއްތު އަށް މިލްކުވެ، -/250ރުފިޔާ އަށް ބުޗާ މުހައްމަދުފުޅުގެ މަރިޔަމްފުޅު ގަނެ މިލްކުރިކަން ސަބީތުވާ، ގޯއްޗާއި، ހަމަ އެތާރީހުގާ ހަމަ އެމަޖިލީހުން ލިޔެދީފާވާ ފަތަކުން، އެކަޅުތުއްތު އަތުން، -/200ރުފިޔާއަށް، އެމަރިޔަމްފުޅު ގަނެ މިލްކުކޮށްފާވާ ކަމުގާ ސާބިތުވާ، ހެންވޭރު ކައިރިއަން ގޯއްޗާ، މިދެތަން، ބުޗާ މުހައްމަދުފުޅު ހުރި، ކޮލިހިނގާ މަގާ އިންވެގެން އުތުރުން، އޯކިޑްމާގެއާ އިންވެގެން ހުޅަނގުން އޮތް، ހ.ބުޗާގެ ކިޔާ ބަންޑާރަ ގޯއްޗާއި ބަދަލުކޮށް ލާޖެއްސުމަށް، މަރިޔަމްފުޅު އާއި، ކަޅުތުއްތު އެދިގެން، އެކަން ކުރުމަށް، 1366ހ ޝައުބާން 19(1947މ ޖުލައި 8)ގާ، މަހްކަމަތުލް ހާރިޖިއްޔާއިން؟؟ އެންގެވުމުން، އެދެގޯތީގެ ބޮޑުމިނަށް، އެބުޗާގޭން ތަން ނަގާ، އެދެގޯތި ބަންޑާރަކޮށް، ހ.ބުޗާގޭ އެއްބައި، އެމަރިޔަމް ފުޅަށް މިލްކުވީ ކަމާއި، އަދި އެގޯތިން އިތުރުވީ ތަން، ބަންޑާރަ ގޯއްޗެއްގޮތުގާ އޮތް ކަމުގާ، ނިޔާކޮށް، މިދެބައި(އަމިއްލަ އަދި ބަންޑާރަ)ގެ އިމާއި މިން ހިމަނާ، އެ މަހްކަމާއިން ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document on land ownership: Henveiru Bucha (Size: 10" X 7.4") K - Male' - H.Buchaa Goathi (Housing Plot) - Private Property, Housing plot (government)
Properties
| contributor | - |
| coverage | Modern History |
| coverage | The 1940's |
| date | 1948 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00339 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- H.Buchaa Goathi -- Housing Plot -- Private Property -- Goverment -- Thaana |
| title | K - Male' - H.Buchaa Goathi - Amilla (Bandaara Goachaa Laajahsaafa) Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00339-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00339-id-1
Linked from
- record-acc-95bc9f86-r00339-oais-infoobject → hasRiCDescription