ކ - މާލެ - މ.ފެންގަސްދޮށުގެ – އަމިއްލަ(ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00329

1379ހ ޖުމާދިލްއާހިރު 14(1959މ ޑިސެންބަރު 15)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްނަބީލު އިބްރާހީމް ފަރީދު ދީދީގެ މިލްކު ގޯއްޗެއް ކަމުގާ، 1345ހ ރަމްލޯނު 11(1927މ މާޗް 15)ގާ ލިޔެފާވާ ފަތަކުން، މާފަންނު ލާމިގަސްދޮށުގޭ ހަތީބު މުހައްމަދު މަނިކުފާނުގެ ދަރި އައްނައިބު އަލިމަނިކުފާނަށް މިލްކުގާ އޮށްވާ އެތާގެ ބެހެނިވެރިން، އެއްބަޔަކު، އެމީހުންގެ ބައި، އަބްދުލް މަޖީދު ދީދީ އަށް ހިބައިން ދީ، އަނެއް ބަޔަކުގެ ބައި، އޭނާއަށް ވިއްކާ، މުޅި ތަން އޭނާޔަށް މިލްކުވެ އޭގެ ފަހުން، 1346ހ ޖުމާދިލްއައްވަލް 19(1927މ ނޮވެންބަރު 14)ގާ، އޭނާގެ އަނބިކަނަބަލުން، ފާމުދޭރި ދޮށީތުއްތުގެ ދޮންދީދީ އަށް ހިބައިން ދީ، އެދޮންދީދީއަށް މިލްކުވެ، އަދި މިފަތުގެ ނުފުށުގާ،1351ހ ސަފަރު 17(1932މ ޖޫނު 22)ގާ ލިޔެފާވާ ފަތަކުން ނާއި، 1379ހ ސަފަރު 2(1959މ އޯގަސްޓް 7)ގާ، ލިޔެފާވާ ލިޔުމަކުން، އައްނަބީލް އިބްރާހީމް ފަރީދު ދީދީގެ މިލްކެއް ކަމުގާ ސާބިތުވެފާވާ މި މ.ލާމިގަސްދޮށުގެ އާއި، 1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އަތިރީގޭ އަބްދުލް މަޖީދުއަށް މިލްކުވެ، އޭނާގެ އަނބިކަނބަލުންނަށް މިލްކުވީ ކަމާ، އަދި އެފަތުގެ ނުފުށުގާ، 1379 ރަބީލްއައްވަލް 16(1959މ ސެޕްޓެންބަރު 19)ގާ، މަހްކަމަތުލް ޝަރީއްޔާއިން ލިޔެފާވާ ލިޔުމަކުން، އެތަން، އައްނަބީލް އިބްރާހީމް ފަރީދު ދީދީ އަށް މިލކުވެފާވާކަން ސާބިތުވެފާވާ، މ.މާފަންނުއާގެ(F3-41)ގޯތީގެ ތެރޭގާއޮތް ބަންޑާރަ ތަނާއި، ބަދަލުކޮށް ލާޖެއްސުމުގާ، ބަންޑާރަ ތަނަށް ވުރެ، އެގޯތިން އިތުރުވީ ބައި، އައްނަބީލު އިބްރާހީމް ފަރީދު ދީދީގެ މިލްކު މ.ފެންގަސްދޮށުގެ އާއި އިންވެގެން ހުޅަނގުން އޮތް ބަންޑާރަ ތަނުން ނަގާ، ހަމަކޮށް އެގެޔާ އެއްކޮށް، މުޅި އެ ގޯތި( F3-41މ.ފެންގަސްދޮށުގެ)، އިބްރާހީމް ފަރީދު ދީދީއަށް މިލްކުވީ ކަމުގާ އެ ވުޒާރާއިން ލިޔެދެއްވި ފަތުގެ ނަކަލެއް. K - Male' - M.Fengasdhoshuge (Housing Plot) - Private Property, Housing plot (government) Real estate document on land ownership: Maafannu Fengasdhoshuge (Size: 10" X 7.4")

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1950's
date 1959
format Physical Medium
language Dhivehi
language Thaana
recordNumber R00329
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Fengasdhoshuge -- Housing Plot -- Private Property -- Goverment -- Thaana
title K - Male' - M.Fengasdhoshuge - Amilla (Bandaara Goachaa Laaahsaafa) Fatheh
transferredRecord Yes
type Manuscript

Links to

Linked from