ކ - މާލެ – މ.ނައިބުގެ އާއި ނައިބުގޭ އިރުމަތީގެ – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00326

1333ހ ޝައުބާން 5؟(1915މ ޖޫނު 18؟)ގާ، މަހްކަމަތުލް ޝަރީއްޔާގެ، ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ދޭވާނީންގެ މުސްކުޅި ހާޖީ އާދަމްފުޅުގެ ހާޖީ މޫސާ ނައިބުތަކުރުފާނު، އޭނާގެ ބައްޕަގެ ގޯތިތަކުގެ ތެރެއިން މާވެޔޮދޮށުގޯތީން އޭނާއަށް ލިބުނު 2/1ގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، މިގޯއްޗަކީ، މާފަންނު މާވެވުގެ ދެކުނުން، ވެވާ އިންވެ، ކޯރުކެނޑިމަގާ އިންވެ، އިރުން ރައްކަލޯގެ ވަގުފް ގޯއްޗާ އިންވެ އުތުރުން ތުރުކީ ކޮށީ އެދުރުބަޑި އޮންނަ ތަނާ އިންވެ ހުޅަނގުން އޮތް ރަންނަބަނޑޭރި ކޮށި ކިޔާތަން ކަމާއި، މުލަކުގާ ހުންނެވި، އައްސުލްތާނު މުހައްމަދު ގިޔާސުއްދީނު ގެދަރި އިބްރާހީމް ފާމުލަދޭރިކިލަގެފާނުގެ ބޭފުޅުންގެ ފަރާތުން މިއާދަމްފުޅު، އެތަން ގަނެފާވާ ކަމުގާ، 1309ހ(1892މ)ގާ، އަލީ ހުޝާމުއްދީނު އަލް ގާހިރިއްޔާ ލިޔެދެއްވާފާ ފަތަކުން ސާބިތުވެ، އަދި 1329ހ(1911މ)ގާ، އާދަމްފުޅުގެ ދަރީން ސުލްހަވެރިކަމާ އެކު މިގޯތިތައް ބަހާ، ގޯތީގެ އުތުރުން އޮތް 2/1، ހާޖީ މޫސާ ނައިބުތަކުރުފާނު އަށް މިލްކުވެފާވަކަން ސާބިތުވުމުން، އެތަނުގެ އިމާއި، މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.   1ވަނަ ގަނޑާއި 2ވަނަ ގަނޑުގެ ނުފުށް.... 1377ހ ސަފަރު 28(1957މ ސެޕްޓެންބަރު 23)ގާ، މަހްކަމަތުލް ޝރީއްޔާއިން، ހާޖީ ނައިބު ތަކުރުގެ ގޯތި ބަހައިގެން އޭނާގެ ދޮންތުއްތުއަށް ވީބައިގެ ކަންތައް ބަލާ، 1333ހ(1915)ގާ، ހުސެއިން ސަލާހުއްދީނު ލިޔެދީފާވާ ފަތަކުންނާއި، އަދި އެ ނައިބު ތަކުރުގެ ކުޑަތުއްތުގެ ޅަތުއްތުގެ ބަހުން، ހާޖީ މޫސާ ނައިބު ތަކުރުފާނުގެ 6 ގޯތި، އޭނާގެ 6ބެއިންނަށް ބަހާ، އެތަނުން، މައްޗަންގޯޅި މާވެޔޮދޮށުގޮވަތި(މިހާރުގެ ނައިބުގެ ހުރިގޯތި)، އެ ދޮންތުއްތު އަށް ދީފާވާކަމުގާ ސާބިތުވުމުން، އެއީ، އެދޮންތުއްތުގެ މިލްކު ގޯއްޗެއް ކަމުގާ، އެމަޖިލީހުން ނިޔާކޮށް، އަލީ ހުސެއިން ދީދީ ސޮއި ކޮށް، ލިޔެދެއްވާފާވާ ލިޔުމެއްގެ ނަކަލެއް. 1371ހ މުހައްރަމް 3(1951މ އޮކްޓޯބަރު 4)ގާ، ހާޖީ މޫސާ ނައިބު ތަކުރުފާނުގެ ދޮންތުއްތުއަށް މިލްކުވީ ބައި، އޭނާ، ފޮރި ހަސަން ދީދީ އާއި އަލްމުހްތަރަމް ހުޅުލޭ އަލީ މުހައްމަދު ދެމީހުން ހެކިކޮށް، އޭނާގެ ދެދަރިން ކަމުގާވާ، ނައިބުގޭ ދޮންމަނިކު އާއި ނައިބުގޭ ތުއްތު މަނިކުއަށް ހިބައިން ދިން ކަމުގާ، ޝަރީއަތަށް ސާބިތު ވުމުން، އެގޯތި އެދެމީހުންނަށް މިލްކުވީ ކަމުގާ، ނިޔާ ކުރެއްވި ކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ އުއްތަމަ ފަޑިޔާރު މަނިކުފާނު ސޮއެ ކޮށްފާވާ ލިޔުމެއްގެ ނަކަލެއް. އަދި މީގެ ތިރީގާ ނޯޓެއްގެ ގޮތުގާ: އެގޯތި ހަމަހަމަޔަށް ބަހާ، ތުއްތު މަނިކު އަށް ހުޅަނގުބައި(ނައިބުގެ) އަދި ދޮންމަނިކު އަށް ދެކުނބައި(ނައިބުގޭދަކުނުގެ) ޝަރީއަތުން ނިޔާކުރެއްވިކަމުގާ ވާ ލިޔުންކޮޅެއް ވެއެ. Real estate document on land ownership: Maafannu Maamuii Goathi (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - M.Naibuge (Housing Plot), M.Naibuge/Irumatheege (Housing Plot) - Private Property

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1910's
date 1915
format Physical Medium
language Dhivehi
language Thaana
recordNumber R00326
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Naibuge -- Irumatheege -- Housing Plot -- Private Property -- Thaana
title K - Male' - M.Naibuge aai M.Naibugeyge Irumatheege - Amilla Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from