ކ - މާލެ - ހ.މާވާޑިގެ(އަރޮޅިކޮށީގޯތި) – ވަގުފް ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00317

1355ހ މުހައްރަމް 25(1936މ އޭޕްރިލް 18)ގާ، އަލްގާޒީ ހުސެއިން އަފީފުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ކުރެދިވަރު މާވަޑި ޔޫސުފްގެ ދަރި ދޮންފުތު، ހެންވޭރު އަރޮޅިގޯތިގެ އިރުމަތިބައިގެ ވާރުތަވެރި ކަމުގާވާ، އަރޮޅި ކަމަނަގެ ފާތުމާފުޅުގެ ހައްވާމަނިކެގެ ބައްޕަ އަތަރުލާ ހުސެއިން މަނިކު، އެގޯތީގެ އުތުރުބުރި -/200ރުފިޔާއަށް ހަނުތަޅާ އާދަމްފުޅުއަށް ވިއްކާފާވަނިކޮށް އާދަމްފުޅު މަރުވުމުން، އާދަމްފުޅުގެ ދަރީން ހަމަ އެއަގަށް، އެތަން އެ ދޮންފުތާ ހަވާލުކޮށްފި ކަމާ، އަދި އެގޯތީގެ ހުޅަގުބައި، އެބައިގެ ވާރުތަވެރި، އަރޮޅި ކަތްދާމަނިކެގެ ކުޑަގޮއްޔެގެ ބައްޕަ، މަކުނުދޫ އިބްރާހީމް، އޭނާއަށް ހަމަ އެއަގަށް ވިއްކައިފި ކަމުގާ ބުނެ، އެކަންކަން ބަޔާންކޮށް، އެދެބައިގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެވުމަށް އެދުމުން؛ ކަން ހިނގާފާވާ ގޮތް ބެއްލެވިއިރު، އެގޯއްޗަކީ، ހަތީބު ތަކުރުފާނުގެ ކަދީދާފާނުގެ އައިޝާފާނުގެ ދަރިކޮޅަށް އޮތް ވަގުފް ގޯއްޗެއް ކަމުގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ލިޔެދެއްވާފާވާ ފަތަކުން، ސާބިތުވެ އަދި، 1320ހ(1902މ)ގާ، ހުސެއިން ދީދީ ގެދަރި ހާޖީ އަލީ ދީދީ ލިޔެދެއްވާފާ ފަތަކުން، އެ އަރޮޅިކަމަނަ، ބަބޫމާލިމީއަށް އޮތް 19ކޮއްޓޭ ބޮލީގެ ދަރަންޏެއް އަދާކުރެވެންދެން މިގޯތީގެ އިރުމަތީބައި އަމާނާތެއްގެ ގޮތުގާ ދީފާ ވަނިކޮށް، މިކަމަނަގެ ދަރި ފާތުމާފުޅު، އަތަރުލާ ދޮންއަލިފުޅުގެ ހުސެއިން މަނިކާ އިނދެގެން، މިދަރަނިއަދާކޮށް އެތަން އެދެމަފިރިން ގަނެފާވާ ކަމުގާ ސާބިތުވެ، އެމުއާމަލާތު ކުރިކަމުގާ އެކަންކުރި މީހުން އިގްރާރުވުމުން، މިވަގުފް ގޯއްޗަކީ، ކުރެދިވަރު މާވަޑި ޔޫސުފް ގެދަރި ދޮންތުއްތު މައްޗަށް ހަވާލުވެ އޮތް ތަނެއްކަމާ، އެތާގެ ވަގުފްވެރިއަކަސް އެތަން ނެގޭނި އެފާސާ ހަމަޔަށް ދީ، ކޮށްފާވާ އިމާރާތަކަށްވެސް ބަދަލުދިނުމުން ކަމުގާ، ފަނޑިޔާރު މަނިކުފާނު، ބޮޑުފެންވަޅުގޭ ސީދީ، ނިޔާކޮށް، އެ ޝަރީއަތުގެ މަޖިލީހުން، އެތާގެ އިމާއި މިން ހިމަނާ، ސައްޔިދު އަބްދުއްލޯ ގެދަރި ސައީދު ލިޔެދީފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Ghaazee Hussain Afeefuddin K - Male' - H.Maavadige (Arolhikoshi Goathi ) (Housing Plot) - Deed for housing plot

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1930's
date 1936
format Physical Medium
language Dhivehi
language Thaana
recordNumber R00317
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- H.Maavadige -- Arolhikoshi Goathi -- Housing Plot -- Deed for housing plot -- Thaana
title K - Male' - H.Maavadige (Arolhikoshi Goathi) - Vaguf Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from