މާލެ – މއ.މާވެޔޮދޮށުގޯތި(މުޅި) – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00311

1346ހ މުހައްރަމް 20(1927މ ޖުލައި 20)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހަށް އަލްއަމީރު އަލީ ދޮށިމޭނާކިލެގެފާނު އާއި، އަލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ދަރީންގެ ތެރެއިން މާލޭގާ އޭރު ތިއްބެވި ދަރިން ހާޒިރުވެ، އެބޭފުޅުންގެ ކާބަފާކަލުންކުރެ، ހުސެއިން ދޮށިމޭނާ ކިލެގެފާނު އާއި އެކިލެގެފާނުގެ ދަރި، އަމީރު އަހުމަދު ދޮށިމޭނާކިލެގެފާނު އާއި މީނާގެ ދަރި އަލީ ދޮށިމޭނާކިލެގެފާނު އާއި އަދި މީނާގެ ދަރި އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ މާލޭގައިވާ ގޯތިތައް ބަށްސަވާދެއްވުމަށް އެދުމުން، އެގޯތިތަކުގެ ފަތްތައް ބެއްލެވިއިރު، 1283ހ(1866މ) ގާ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތުން، އޭގެތެރިން މއ.މާވެޔޮދޮށުގޯތި، އަލީ ދޮށިމޭނާކިލެގެފާނަށް މިލްކުވެފާވާ ކަމުގާ ސާބިތުވެ، އަދި އެގޯއްޗާއި އިންވެގެން ދެކުނުން އޮތް، ކުރޮޅިކޮށީގޯތިގެ މިކިލެގެފާނަށް ވީ ބައި އެއީ، އޭނާ މާވާގޭ އިބްރާހީމް ކަލޭފާނުގެ ދެބެއިންގެ އަތުން ބައްލަވައިގަނެ މިލްކުވެފާވާ ތަނެއް ކަމުގާ، 1299ހ(1882މ)ގާ، އިސްމާއީލް ބަންޑާރަނައިބު ލިޔެދެއްވިފަތުން، ސާބިތުވެ، އަދި، އެހެން ވާރުތަވެރިންނަށް ވީ ބައިބައި، އިބްރާހީމް ދޮށިމޭނާކިލެގެ ގެދަރި އަބްދުލް މަޖީދު ދީދީއަށް، ބައެއްބޭފުޅުން ވިއްކަވައި، އަނެއްބައިބޭފުޅުން ހިބައިން ދެއްވިކަމުގާ ސާބިތުވުމުން އެމުޅި(ކުރޮޅިކޮށްޓާ އެކު)މާވެޔޮދޮށުގޯތި އަބްދުލް މަޖީދު ދީދީއަށް މިލްކުވެފާވާ ކަމުގާ، އެތާގެ އިމާއި މިން ހިމަނާ، އެމަޖިލީހުން، ލިޔެދެއްވި ފަތުގެ ނަކަލެއް. Real estate document on land ownership: Machchangoalhi Maaveyodhashugoathi (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1920's
date 1927
format Physical Medium
language Dhivehi
language Thaana
recordNumber R00311
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- Ma.Maaveyodhoshu Goathi -- Housing Plot -- Private Property -- Thaana
title K - Male' - Ma.Maaveyodhoshu Goathi (Muli) - Amilla Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from