ކ - މާލެ – މ.މާފަންނުގެ – ވަގުފް(ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00308

1344ހ މުހައްރަމް 11(1925މ އޯގަސްޓް 1)ގާ، މަހްކަމަތުލް ޝަރިއްޔާގެ، ހުސެއިން ސަލާހުއްދިނު ނިޔާކުރައްވާ މަޖިލީހުގާ، އަލްއަމީރު އަބްދުލް މަޖީދު ދީދީ، އޭނާ، ގެއަޅައިގެން ހުންނަވާ މާފަންނުގެ ކިޔާގޯތިގާ އޮތް އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ މިލްކު ގޯތި، އެރަދުންގެ ވާރުތަވެރިން އޭނާޔަށް ހިބައިން ދެއްވާފި ކަމުގާޔާ، އަދި، މާފަންނުގެ ކިޔާގޯތީގާ އޮތް ބަންޑާރަ ބައިގެ ބަދަލުގާ، މާފަންނު ކުޑަކޮށީގާ އޮތް، މިދީދީގެ ތަކަންދޫ ގޯތި، ސަރުކާރަށް ނަންގަވާ، މާފަންނުގޭގޯތީގެ މިބައިވެސް އޭނާއަށް މިލްކުވެ އެމުޅި ގޯތިއެއްކޮށް، އޭނާއަށް މިލްކުވެފާވާ ކަމުގާ ބުނެ، އެމަގަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ މުއީނުއްދީނު ރަދުންގެ ގޯއްޗަށް 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވި ފަތުން، މިގޯއްޗަކީ، މިރަދުންގެ މައިކަމަނާއަށް، ކުއްޅަވަށްގޭ ހަކުރާ ތަކުރުފާނުގެ ދަރި ހުސެއިން މަނިކުފާނު ހިބައިން ދެއްވި ގޯއްޗެއްކަން ސާބިތުވެ، އެގޯތީގެ ވާރުތަވެރީން އެގޯތި، އަބްދުލް މަޖީދު ދީދީ އަށް ހިބައިން ދެއްވާފިކަމުގާ އިގުރާރުވެ، އަދި ތަކަންދޫގޭގެ މިލްކުވެރިކަން، 1340ހ(1922މ)ގާ ލިޔެފާވާ ފަތަކުން ސާބިތުވެ، އެ ލާޖެއްސުމުގެ މުއާމަލާ ސައްހަކަމުގާ ޝަމްސުއްދީނު ރަދުން އެންގެވުމުން، އެ، މާފަންނުގެ ކިޔާ ގޯއްޗާއި އެތާގާވާހާ ތަކެއްޗެއް ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އަލްއަމީރު އަބްދުލް މަޖީދު ދީދީ އަށާ، އޭނާގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނެ، އެމަގަށް ފަތެއް ދެއްވުމަށް އެދުމުން، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން މޫސާގެ ދަރި ނައިބު އަބްދުއްލޯ ލިޔެދިން ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin K - Male' - M.Maafannuge (Housing Plot) - Deed for housing, Housing plot (government)

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1920's
date 1925
format Physical Medium
language Dhivehi
language Thaana
recordNumber R00308
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- M.Maafannuge -- Housing Plot -- Deed for housing plot -- Thaana
title K - Male' - M.Maafannuge - Vaguf (Bandaara Goachaa Laajahsaafa) Fatheh
transferredRecord Yes
type Manuscript

Links to

Linked from