މާލެ - މއ.ބަނގުފަޑިއްގެ – ވަގުފް ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00301

1302ހ ޝައްވާލް 30(1885މ އޯގަސްޓް 12)ގާ، އިބްރާހީމް މަޖުދުއްދީނު ގެދަރި އިސްމާއިލް ބަހާއުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބަނގުފަޑިއަތް އަލިމަނިކުގެ ފާތިމާމަނިކެގެ މޫސާމަނިކު، މއ.ފަސްގެރިގެގެ އިރުން އިންވެ އޮތް އޭނާގެ ކާފަގެ ގޯތި ކަމަށްވާ ބަގުފަޑިއަތް ގޯތިން އޭނާގެ މަންމަ(ފާތުމާމަނިކެ)އަށްވީ ބައި ވަގުފް ކުރުމަށް އިބްރާހީމް ސިރާޖުއްދީނު ގެދަރި އައްނައިބު އަހުމަދު ލިޔެދެއްވި ވަގުފް ފަތުގާ، އެބައިގެ ބޮޑުމިން ނެތުމުން، އެބޮޑުމިން ހިމަނާ ފަތެއް ލިޔުމަށް އެދުމުން؛ އެފަތާ އަދި އޭގެކުރީ، މިގޯތި މީނާގެ ކާފައަށް މިލްކުވީކަމަށް، ހަސަން ތާޖުއްދީނު ގެދަރި އަލްގާޒީ އިބްރާހީމް ސިރާޖުއްދިނު ލިޔެދެއްވާފާވާ ފަތަކާއި، މި ދެ ފަތް ބައްލަވާ، އެ ފާތުމާމަނިކެ އާއި އޭނާޔާ އެއްބަފާ ކަތްދާމަނިކެ އެއްބަސްވެ، އެތަން ބަހާފާވާ މަގުން، މިގޯތީގެ އިމާއި މިން ބަޔާންކޮށް، އެޝަރީއަތުގެ މަޖިލީހުން، އީސާ ގެދަރި ނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Ghaazee Ismail Bahaauddin K.Male' - Ma.Ban'gufadige (Housing Plot) - Deed for housing plot

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1880's
date 1885
format Physical Medium
language Dhivehi
language Thaana
recordNumber R00301
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- Ma.Ban'gufadige -- Housing Plot -- Deed for housing plot -- Thaana
title Male' - Ma.Ban'gufadige - Vaguf Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from