ކ - މާލެ – މ.ފިހާރަ ހަސަންކަލޭފާނު ގޯތި – ވަގުފް ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00296
1208ހ ރަޖަބް(1794މ ފެބްރުވަރީ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިމިތީ ދޮންމަނިކު އާއި ފިހާރަ ކޮއިގެ ދަރި(ނަމެއްނެތް) ދެމީހުން އައިސް، ފިހާރަކޮއިގެ ދަރީގެ ކާފަ ފިހާރަ ހަސަން ކަލޭފާނު އޭނާއަށް ހިބައިން ދިން މާފަންނުގާ އޮތް ވަގުފް ގޯތިން(F3-16B) ލިބޭއެއްޗަކުން، ވަގުފް ފުއްދާފާ ދެން އިތުރަށް އޮތް މަންފާއެއް، އޭނާއަށާ، އޭނާގެ އެއްބަފާ އަންހެންކޮޔާ އިން އެހިމިތީ ދޮންމަނިކު އަތުން 30ކޮއްޓޭ ބޮލި އަތުލާ، އެ ހިމިތީ ދޮންމަނިކުއަށް އެތަނުގެ ހަވާލުވެރިކަން ދީ، އަދި އެދެބެއިންގެ ދަރިކޮޅު މީހަކަށްވެސް އެތަން ނުނެގޭނެ ކަމުގާ ފަތެއް ލިޔދެއްވުމަށް އެދުމުން އެކަން ބެއްލެވިއިރު، 1190ހ ރަމްލޯނު(1776މ އޮކްޓޯބަރު)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއަތު މަޖިލީހުން، އައްނައިބު އަހުމަދު ބަންޑާރަނައިބު ލިޔެދެއްވި އެތަނުގެ އިހު ފަތުގާ ފިހާރަހަސަން ކަލޭފާނު އެގޯތި ވަގުފްކޮށް، އޭނާ ދަރިއެއްގެ ގޮތުގާ ބޮޑުކުރި އިބްރާހީމް ކަލޭގެއަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ސާބިތުވެ، އެއެދުމުގެ މައްޗަށް، އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. މިނަކަލުގާ ބުނެފާވާ އެއްޗެއް މާކަ ސާފެއް ނޫން. (Size: 10" X 7.4") Chief Justices - Al Ghaazee Ibrahim Majduddin K.Male' - M.Fihaara Hassan Kaleygefaanu Goathi (Housing Plot) - Deed for housing plot
Properties
| contributor | - |
| coverage | Modern History |
| coverage | The 1790's |
| date | 1794 |
| format | Physical Medium |
| language | Thaana |
| recordNumber | R00296 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male' -- M.Fihaara Hassan Kaleygefaanu Goathi -- Housing Plot -- Deed for housing plot -- Thaana |
| title | K - Male' - M.Fihaara Hassankaleyfaanu Goathi - Vaguf Goathi |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00296-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00296-id-1
Linked from
- record-acc-95bc9f86-r00296-oais-infoobject → hasRiCDescription