ކ - މާލެ – އޮޑައްސަލަ ގޯތި – ވަގުފް(ގޯތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00139

1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ވަލުކަޑަ ބަނޑޭރި ހަސަން ތަކުރުގެ ދަރި އައަމިނަތު މަނިކެ، އޭނާގެ މިލްކުގާވާ މައްޗަންގޯޅި ވައިދަރިމަގު އިރުމަތީބައިގާ އޮތް، ވަށާ 111ބަމަ ހުރި އޮޑައްސަލަ ކިޔާ ގޯއްޗާއި، އެގޯތީގެ ގޮއިފާލައްބައިން، އެގޯއްޗަށް ވާހާ ތަކެއްޗާއި، އޭނާގެ މިލްކުން ކަނޑާ، އެރަދުންނަށް ހިބައިން ދިނުމުން، އެކަން ގަބޫލު ކުރަށްވާ، އެ ގޯއްޗާއި، އެގޯތީގެ ގޮއިފާލަށްބައިން އެގޯއްޗަށްވީހާ ތަކެތިން، ލިބޭ އެއްޗަކުން އެރަދުންނާއި، އެރަދުންގެ ބައްޕަ، އަލްގާޒީ ހަސަން އިއްޒުއްދީނާއި، މަންމަ އައިމިނާ މަނިކުފާނަށް ފާތިހާ ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކުރަށްވާ، އެތަނުގެ ހަވާލުވެރިކަން، އެރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 20.8" X 14.2" K.Male' - Odassala Goathi (Housing Plot) - Deed for housing plot

View in graph → Edit →

Properties

contributor By Sultan Hassan Nooraddin
coverage Modern History
coverage The 1790's
date 1794
format Physical Medium
language Dhivehi
language Thaana
recordNumber R00139
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- Odassala Goathi -- Housing Plot -- Deed for housing plot -- Thaana
title K - Male' - Odassala Goathi - Vaguf (Goathi) Fatheh
transferredRecord Yes
type Manuscript

Links to

Linked from