ސ - މީދޫ – މަހަމޫދު ގާޒީ މިސްކިތް – ބޯގަ(މިސްކިތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00109

1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size

13" X 7.9" S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)

View in graph → Edit →

Properties

contributor By Sultan Ibrahim Iskandar
coverage Early Modern History
coverage The 1670's
date 1675
format Physical Medium
language Dhivehi
language Dhives Akuru
recordNumber R00109
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- S.Meedhoo -- Mahumoodhu Ghaazee Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Dhives Akuru
title S - Meedhoo - Mahumoodhu Gaazee Miskiiy - Boaga (Miskiiy) Fatheh
transferredRecord Yes
type Manuscript

Links to

Linked from