ކ – މާލެ – ކުޑަދަހަރާ ތަކުރުފާނު އަދި ދީދީ ފަޑިޔަތް ތަކުރުފާނުގެ ވަގުފް – ވަގުފް(ބިން/މުދާ) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00107
(ތާރީހެއް އިނގޭކަށް ނެތް)އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، އާއި، އެދެ ވަގުފްގެ ހަވާލުވެރިންކަމުގާ އިން، އެކުޑަދަހަރާ ތަކުރުފާނުގެ ކަދީދާ ފާނު ގެދަރި ތުއްބީފާނު، އެ ދެވަގުފްގެ މައްޗަށް އިހުގެ ހުރިހާ ފަތެއް، މުލަކަށް ދިޔަ ކިލެގެފާނުންނާ އެކީގާ އައި އިނގިރޭސިން ގެންގޮސް އަންދާ، ނަގައިލައިފި ކަމުގާ ބުނެ، އެ ދެ ވަގުފަށް އަލުން ފަތް ލިޔެދެއްވުމަށް އެދުމުން، އެކަން ބެއްލެވިއިރު، އެ ކުޑަދަހަރާ ތަކުރުގެ ވަގުފެއް ކަމުގާ ސާބިތުވެ އޮތީ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި އާއި ޖެހިގެން އޮތް ފޭންދޫ؟؟ އާއި، ގދ. ކާޑެއްދޫއާ ޖެހިގެން އޮތް ރަހަދޫ، ދެއްވަދޫ ރަސްގެފާނު ނަންގަވާފާ، ދެއްވި، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ހިރުންދޫ(ހިރއްދޫ) އާއި، މިލަދުންމަޑުލު(ށ.)ފޯކައިދޫ ގަޔާ މާޅޮސްމަޑުލު(ބ.)ކަމަދޫގާ ހުރި، އެ ތަކުރުފާނުގެ މިލްކު ރުއްގަހާއި، ދަނޑުފަގަ(ގަސްގަހާގެހި ހައްދާ ދަނޑާއި އާމްދަނީ ލިބޭ، ހިންނަފަދަ ތަންތަން) އާއި، ފޭދޫގާ އޮތް ރައްކާފުތު ހިންނައާއި، އަރިއަތޮޅު(އދ.)އޮމަދޫ އާއި މިތަންތަން ކަމާއި، އަދި ދީދީ ފަޑިއްތަކުރުފާނުގެ ދަރި ދީދީ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތުވީ ކިހާދޫގާ ހުށި އެތަކުރުފާނުގެ...(ދެންއޮތް ބައި، ހަލާކުވެ ކިޔަން އިނގޭވރެއް ނޫން.) މިމަގަށް އޮތް ފަތެއް. މިފަތް މިއީ،(R-16އަކީ، މީގެ އާކުރި ފަތް) Size: 11.2" X 7.9" K.Male - Deed for housing plot - Housing Plot
Properties
| contributor | - |
| coverage | - |
| date | - |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00107 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- K.Male -- Deed for housing plot -- Housing Plot -- Thaana |
| title | K - Male' - Kudadhaharaa Thakurufaanu Adhi Didi Fand'diyaiiy Thakurufaanuge Vaguf - Vaguf (Bin/Mudhaa) Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00107-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00107-id-1
Linked from
- record-acc-95bc9f86-r00107-oais-infoobject → hasRiCDescription