އދ، އއ – ހަންޏާމީދޫ، ކުރަމަތި – ކަލާފާނު ޒިޔާރަތް، ކުރަމަތީ މިސްކިތް – ބޯގަ(ޒިޔާރަތް، މިސްކިތް) ފަތެއް–

Record · http://example.org/archive/record-acc-95bc9f86-r00037

1207ހ މުހައްރަމް(1792މ ސެޕްޓެންބަރު)ގައި، އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކުރަމަތީ މީހުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެއަތޮޅު ހަންޏާމީދޫ ޒިޔާރަތުގެ ކިޔެވެނިންނަށް ދެއްވެވި ފަތުގާވާ އެއްޗެއް އޮޅުންފިލުވާދެއްވާ، އެގޮތުގެ މަތިން އެރަށުގެ ކަންތައް ހަމަޖަށްސާދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، ކުރަމަތީ ގޮއިފާލަށްބައިން ލިބޭ ތަކެތީގެ 2/1 އާއި، އެރަށުން އަޅާ ކޮންމެ ރުކެއްގެ ރުކުރަލާ، ލަށްވާފާވަނީ ކުރަމަތީ މިސްކިތަށް ކަމުގަޔާ، ބިންބަޔަށް ނުކުންނަތަކެތީގެ 2/1އާއި، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ހުރިބައިން ލާރިއަކާ، ބަންޑާރަޔަށްވީ ބައިން ލާރިއަކާ، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ލަށްވާފާވާ ކަމާ، އަދި މަށްޗަންގޯޅި ގަނޑުވަރަށްވީ ބައިން ލާރިއަކާ، ކުރަމަތީ މިސްކިތަށްވީ ބައިން ލާރިއެއް، މާލޭ މާމިސްކިތަށް ލަށްވާފާވާ ކަމާ، އެތަނުން ކޮންމެ ތަނެއްގާ، ރުކެއް، ގަހެއް، ކޭލެއް، ފަލަމަޑިއެއް އިންދި މީހަކަށް، 2/1 އޮންނަންވާނެ ކަމުގާ، ނިންމަވާ، އެކަންކަމުގެ އަމުރު ނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާއްޖަ އަލްކަބީރު މުހައްމަދު ހަނދޭގިރިންނާއި، ފެހެންދޫ އަލީ ހަކުރުވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 15" X 9.5" A.Hangnyaameedhoo - Kalaafaanu Shrine, Kuramathi Miskiiy (Mosque) - Endowment for Shrine (ziyaaraiy)

View in graph → Edit →

Properties

contributor By Sultan Hassan Nooraddin
coverage Modern History
coverage The 1790's
date 1792
format Physical Medium
language Dhivehi
language Thaana
recordNumber R00037
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- A.Hangnyaameedhoo -- Kalaafaanu Shrine -- Kuramathi Miskiiy -- Mosque -- Endowment for Shrine -- ziyaaraiy -- Thaana
title Adh, Aa - Hangnyaameedhoo, Kuramathi - Kalaafaanu Ziyaaraaiy, Kuramathi Miskiiy - Boaga (Ziyaaraaiy, Miskiiy) Fatheh
transferredRecord Yes
type Manuscript

Links to

Linked from