ދ - މީދޫ، ބަނޑިދޫ – ފަޅުރަށް(ޅޮހި) – އަމުރު(ރަށް/ތަކެތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00023

1304ހ ޝައްވާލް 6(1887މ ޖޫނު 28)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ގެދަރި އަލްހަތީބު ހުސެއިން(ވެލިދޫގޭ ހުސެއިންދީދީ) ޝަރީއަތު މަޖިލީހުގާ، ނިލަންދެ އަތޮޅު މީދޫ މީހުންނާއި، ބަނޑިދޫ މީހުން ހާޒިރުވެ ތިބެ، އެއަތޮޅު ޅޮހިގާ މީދޫމީހުން އިންދާފާވާ ރުކުން އެއްވެސް އެއްޗެއް އެމީހުންނަށް ނުދީ، ބަނޑިދޫ މީހުން އުޅޭތާ ސަތާރަ އަހަރުވެއްޖެ ކަމާއި، އޭގެކުރިން އެދެރަށަށް، ހަމަހަމަޔަށް ލިބޭކަމަށް މުސްކުޅިން ބުނާކަމަށާއި، އެއެއްޗެތި ލިބޭގޮތް ހަށްދަވާދެއްވުމަށް، މީދޫ މީހުން، އެދުމުން، ބަނޑިދޫ މީހުން، އެމީހުން އެއެއްޗެތި ގަދަކަމުން އަތުލައިނުގަންނަކަމަށާއި، ވެގެން އުޅޭގޮތަކީ، އެމީހުން އެރަށުގާ ރުއްއިންދާ، އެބިމަށް، ދޮށްށުންނަށް ވަރުވާ ދައްކަން ފަނޑިޔާރުގެއިން ފަތެއް ދީ، އެވަރުވާދައްކާ، އަދި، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު، ލިޔެދެއްވި ފަތުގާ، މި ރުއްތަކުން، މީދޫ މީހުންނަށް ލަށްވާފާވަނީ ¼ ކަމާއި، އެފަތް އެބައޮތްކަމާ، އަދި، އެސަތާރަ އަހަރު ކުރިން މީދޫ މީހުން، މިތަކެތިން ½ ނަގާފާވާތީ، އެތަން ހަމަކުރުމަށް މިހާރު އެމީހުންނަށް އެކަށްޗެއްވެސް ނުދެނީ ކަމުގާ ބުނުމުން، މި މައްސަލަ ބަށްލަވަން، އެ ޅޮހިއާއި ބެހޭ ފަތްތައް ގެނެސް ބެއްލެވުމުން، ބަނޑިދޫ މީހުން އެބުނަނީ ތެދުކަމުގާ ސާބިތުވެ، މީދޫމީހުން ކުރި ދައުވާ ބާތިލްކުރަށްވާ، އޭގެފަހުން އެރަށުން ވަރުވާޔަށް ލިބޭ ތަކެތިން ½ ބައި، ހުކުރުމިސްކިތު ދޮށުންނަށް ދަށްކާ، ދެންއޮތްބައިން ¼، މީދޫ މީހުންނަށް އަދި އަނެއް ¾ ބަނޑިދޫ މީހުންނަށް ލަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. Document on the distribution of goods from a deserted island (Size:13" X 8") Chief Justices - Al Khatheeb Hussain Dh.Meedhoo, Dh.Ban'didhoo - Lhohi - Order (Iisland)

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1880's
date 1887
format Physical Medium
language Dhivehi
language Thaana
recordNumber R00023
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Dh.Meedhoo -- Dh.Ban'didhoo -- Lhohi -- Order -- island -- Thaana
title Dh - Meedhoo, Ban'didhoo - Falhurah (Lhohi) - Amuru (Rah/Thakethi) Fatheh
transferredRecord Yes
type Manuscript

Links to

Linked from