ކ - މާލެ – ހ.ވެޔޮދޮށުގޯތީގެ ބައެއް – ވަގުފް(ގޯތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00004

1308ހ ރަބީއުލްއަށްވަލް 21(1890މ ނޮވެންބަރު 4)ގާ؛ އަބްދުލް ގާދިރު އައްނަސްކީ އަލްގާހިރިއްޔާ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ދަރި އަލްގާޒީ އަލީ ހުޝާމުއްދީނުގެ މަޖީލުހުގާ، ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން އަތިރީ ހަކުރާގެއާ އިންވެ އިރުން އަތިރީގެގެ ހުޅަނގުން އޮތް، ހުކުރުމިސްކިތު މަލިންމަނިކުފާނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރު ވެލަވަޅުނާ(ވެލާނާ) މަނިކުފާނު، ވާދޫ ދަންޑެހެލުގެ، ވެޔޮދޮށު ގޯތި، އެ ދަންޑެހެލުގެ ދަރިން ކުރެން، ވަށްޓާލާ އިބްރާހީމް ކަލޭފާނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފާނުގެ އަންހެންދަރިޔަށް ވީބައި ނޫން، އެހެން ހުރިހާ ބައެއް، އެބައިބައިގެ ބެހެނިވެރިން، އޭނާޔަށް -/211ރުފިއާއަށް ވިއްކާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެއީ ވަގުފް ގޯއްޗެއް ކަމާއި އަދި އެ ފައިސާ ދީ ހަލާސްކޮށްފިކަމުގާ ސާބިތުވި ނަމަވެސް، އެވިޔަފާރި ސައްހަ ނޫންކަމުގަޔާ، އަދި އެފައިސާ އަނބުރާ އެމަނިކުފާނަށް ދިނުމަށް އަންގަވާ، އަދި އެފައިސާ ދެއްކެންދެން އެތަނުގެ ހަވާލުވެރިއަކީ، ވެލާވަޅުނާ މަނިކުފާނުކަމުގާ ނިޔާކުރެއްވުމުން؛ އެތަނުގެ އިމާއި މިން ހިމަނާ، ހަސަންލް މުލައްގަބް މާރާދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު ލިޔެފާވާ ފަތެއް. (Size: 11.7" X 8.6") Chief Justices - Al Ghaazee Ali Husamuddin K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1890's
date 1890
format Physical Medium
language Dhivehi
language Thaana
recordNumber R00004
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- K.Male' -- Part of H.Veyodhoshu goathi -- housing plot -- Deed for housing plot -- Thaana
title K - Male' - Part of H.Veyodhoshugoathiige Baeh - Vaguf (Goathi) Fatheh
transferredRecord Yes
type Manuscript

Links to

Linked from