ކ - ހުރާ – ހަސަން އިއްޒުއްދީނު މިސްކިތް – ބޯގަ(މިސްކިތް) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00910
1326ހ މުހައްރަމް 15(1908މ ފެބްރުވަރީ 18)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު،{1170ހ(1757މ)ގާ} މަލަބާރީން މާލެ އަރާ، އޭރު ހުންނެވި ރަސްގެފާނުގެންދިޔުމުން، އެރަދުން ސަލާމަތް ކުރުމަށްޓަކާ، ޝަމްސުއްދީނު ރަދުންގެ ކާބަފައިންގެ ތެރެއިން، މި ރާއްޖޭގާ އެންމެ ކުރީ ރަސްކަން ކުރެއްވި، އަލްވަޒީރު ދަހަރަދަލް ހުރަވީ ގެދަރި އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނު ގެދަރި އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ނުކުމެވަޑައިގަތް ރޭ، ރާއްޖޭގެ ސަލާމަތަށް އެދި ވިދާޅުވި ނަދުރު ފުއްދަވާ (ކ.)ހުރާގާ މިސްކިތެއް އެޅުއްވި ކަމާއި އެތަނަށް ލެއްވި ބޯގަޔާ، މިކަންކަން ބަޔާންކޮށް، އެރަދުން ލިޔުއްވި 3 ލޯމާފާނު(ލޯފަތް)، ގެއްލި، ޝަމްސުއްދީނު ރަދުންގެ ޒަމާނަށް އައިއިރު، އެ ނަދުރުގެ އަދި އެ ފަތްކޮޅުގެ ވާހަކައެއްވެސް އިނގޭ މީހަކު ނެތިއޮއްވާ، އެރަސްކަމުގެ 15ވަނަ އަހަރު އެރަސްކަން ނިމުމަކަށް އައި ހައްޖު މަހު، (ކ.)ހުރާ މިސްކިތުން އެ 3ފަތް ފެނިގެން، އެ ރަދުންނަށް ގެނެސްދިން ކަމާއި، އެ 3 ފަތުގެ ތަފްސީލް ބަޔާންކުރައްވާ، އަދި އެތިން ފަތް ނަކަލުކޮށް، ހުރާ މީހުންނަށް ދިނުމަށާ، އަދި ހުރާ މީހުންނަށް އެބޯގައިގެ އެއްވެސް މަންފާއެއް ނުލިބި އެތައް ޒަމާނެއްވެ، އެމިސްކިތް ބެލެހެއްޓޭނެ ފަދައެއް ނެތި، އެތަން ވީރާނާވެފާވާތީ، ބައިތުލްމާލުން އެމިސްކިތް ހެދުމަށް ކަނޑައަޅުއްވި ކަމާއި، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިއެދެއްވި ފަތެއް. މީގާ ބުނެފާވާ، އެ 3 ފަތުގެ ނަކަލް، F0-46ގާ އެވަނީއެ. (Size:20.75" × 12.45") K.Huraa - Hassan Izzuddin Mosque - Endowment for Shrine (ziyaaraiy)
Properties
| contributor | By Sultan Mohamed Shamsuddin |
| coverage | Modern History |
| coverage | The 1900s |
| date | 1908 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00910 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Huraa Izzuddin mosque -- Endowment for Shrine -- Ziyaaraiy |
| title | K - Huraa - Hassan Izzuddin Miskiiy - Boagha (Miskiiy) Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00910-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00910-id-1
Linked from
- record-acc-95bc9f86-r00910-oais-infoobject → hasRiCDescription