ކ - މާލެ – ހ.ޅޮހީގެ އާއި ކުރެދިމާގެ(ފެންފުށި މުދިން ހަސަން އެދުރު މަނިކު ގޯތި) – ވަގުފް(ގޯތި) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00906

1219ހ ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީޔަތު މަޖީލުހުގާ، އދ.ފެންފުށި މަލިންކަލޭފާނުގެ ދަރި މުދިން ހަސަން އެދުރު މަނިކު، އޭނާގެ މަންމަ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްދިން ގޯތީގެފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އެއީ، 1200ހ ޝައްވާލް 15(1786މ އޯގަސްޓް 10)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނު ގެދަރި މަރިޔަމްފާނު، އޭނާ ދުނިޔޭގާ ހުރެ، އޭނާގެ މިލްކުގާވާ ގޯއްޗާއި އެތާ އަޅާފާވާ ދެގެއާ، އެތާގާވާހާ ރުއްގަހާ އެހެނިހެން ތަކެއްޗަކާ، އޭނާގެ މިލްކުގާ ވާހާ ރަންރިއްސާ، ގެވަތުކަންވާރު(ގޭގާ ހިފާގެންގުޅޭ ސާމާނާ)އާއި، އޭނާގެ އެންމެހާ މިލްކެއް، އޭނާގެ މިލްކުން ކަނޑާ، އޭނާ މަރުވުމަށްފަހު، ކޮންމެ އަހަރަކު ރަބީލްއައްވަލް 12ދުވަހު، ވީވަރަކުން، ސޮލަވާތް ކިޔެވުމަށް، އޭނާގެ ދަރި ހަސަން މަނިކުއަށް، އަދި އެ ހަސަން މަނިކު ނެތިދިއުމުން އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ، ސައްހަ ފަތެއް ކަމުގާ ސާބިތުވުމުން؛ އެފަތް އާކޮށްދިނުމުގެ އަމުރުއިއްވެވުމުން، އެމަޖިލީހުން ލިޔުނު ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) 'މުއީނުއްދީނު ރަދުންގެ ހަތްވަނަ އަހަރު ކޮޅުމަޑުލު ވާރު ފަތް އަލިތަކުރުފާނައް ލިޔެދީފާތި' މިހެން، އިހުގެ ލިޔުމަކުން ލިޔެފާވާ ލިޔުމެއް ވެއެ. (Size:17.4" × 10") Chief Justices - Al Ghaazee Moosa Muhyiddin A.Dh.Fenfushi Mudhin Hassan Maniku Goathi (Housing Plot) - Deed for housing plot

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1800s
date 1805
format Physical Medium
language Dhivehi
language Thaana
recordNumber R00906
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Fenfushi Mudhin Hassan Maniku Goathi -- Housing plot-- Deed
title Adh - H.Lhohige aai Kuredhimaage (Fenfushi Mudhin Hassan Edhuru Maniku Goathi) - Vaguf (Goathi) Fatheh
transferredRecord Yes
type Manuscript

Links to

Linked from