ލ - ގަން – ގަމު މިސްކިތް – ބޯގަ(މިސްކިތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00905

1349ހ ސަފަރު 27(1930މ ޖުލައި 24)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.)ގަން މަހަމޫދު ގެދަރި އައްނައިބު ހުސެއިން އަފީފުއްދީނު ބަންޑާރަނައިބުގެ ދަރިކޮޅުން ބަޔަކު، އެމީހުންގެ ކާފަ، އަފީފުއްދީނު، އެރަށުގާ އަޅާދިން މިސްކިތަށް، 1140ހ(1728މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު(ދިޔަމިގިލީ) ގެދަރި އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ދެއްވި ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އޭގާ އެމިސްކިތުގެ ބޯގަޔަކަށް، ގަމުގެ އޮތް، އެތަނުގެ އުތުރުން ކީރިޔަ ފަންނާއި އިންވެ، ދެކުނުން ކަބޯގެ ފަންނާއި އިންވެ އޮތް، މާހިންނައާއި އެތާގެ ގޮއިފާލައްބަ، ވަގުފްކޮށް، އެ ލަށްވާ، އެމިސްކިތުގެ މުދިމާއި އަދި އިތުރު ދެމީހަކު، ވާރުން ކެނޑި(ޓެކްސް ނުދެއްކުން)، އަދި އެމުދިމަކު ބަންޑާރަ މަސައްކަތް ކުރަން ނުޖެހޭނެ ކަމާއި އެތަނުގެ ހަވާލުވެރިންނަކީ، އަފީފުއްދީނު އާއި، އޭނާގެ އެއްބަނޑު އަލްހަތީބު މޫސާ އާއި އައްނައިބު އަލީ އާއި މިތިން މީހުންގެ ދަރިކޮޅު ކަމުގާ ވުމުން، އެ މާހިންނައިގެ މިން ހަމަކޮށް، ކުރީގެ ފަތުގާވާ ފަދައިން، ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިއެފާވާ ފަތެއް.(Size:22" × 10.05") L.Gan - Gan Miskiiy (Mosque) - Endowment for Shrine (ziyaaraiy)

View in graph → Edit →

Properties

contributor By Sultan Mohamed Shamsuddin
coverage Modern History
coverage The 1930s
date 1930
format Physical Medium
language Dhivehi
language Thaana
recordNumber R00905
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Gan -- Mosque -- Endowment for Shrine
title L - Gan - Gamu Miskiiy - Boagha (Miskiiy) Fatheh
transferredRecord Yes
type Manuscript

Links to

Linked from