އދ - ހަންޏާމީދޫ - ކަލާފާނު ޒިޔާރަތް – ބޯގަ(ޒިޔާރަތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00902

(ތާރީހެއް ނެތް) ސުވަސްތިސިރީ މަތމަހާސިރީ ކުލަ ސުންދުރަ ސިއާކ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއްނެތް)ގެ ދަރުބާރަށް، އަލްގާޒީ އިބްރާހީމް ބޮޑު ކިލަގެފާނުންގެ ޒިޔާރަތުގެ ކިޔެވެނީން(ރަސްމީ ކިޔެވުންތައް ކިޔަވާން ދައުލަތުން ލައްވައިފައިވާ ޖަމާޢަތުގެ މީހުން) އައިސް، އެ ޒިޔާރަތުގެ ބޯގަ މަދުވެ، އެތަން ބަލަހަށްޓާ، މަރާމާތު ކުރެވޭވަރު ނުވާތީ، އެކަން ކުރެވޭފަދަ ކޮށްދެއްވުމަށް އެދުމުން، ބޮޑުކިލެގެފާނުގެ ވާރު(އަމިއްލަ މިލްކު)ން ބައްލަވައިގަތްފާވާ، ކޮޅުވަންދިންމަޑުލު(ކޮޅުމަޑުލު) ތ.ކަނޑޫދޫ ބޮޑުހިންނަ އާއި، އަރިދެއަތޮޅު(އަރިއަތޮޅު) އދ.އަރިއަދޫގެ އިރުން އޮތް އދ.ދިއްދޫ، އެ ޒިޔާރަތުގެ ބޯގަޔަށް ލައްވާ، އަދި އެދެތަން، އެނޫން އެހެން ކަމަކަށް، ބޭނުންކޮށްގެން ނުވަނެކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ކިޔުމުން، އަލީ މާފަތް ލިޔުނު ފަތުގެ ނަކަލެއް. (Size:8.85" × 7.8") A.Hangnyaameedhoo - Kalaafaanu Miskiiy (Mosque) - Deed(Housing Plot)

View in graph → Edit →

Properties

contributor -
coverage -
format Physical Medium
language Dhivehi
language Thaana
recordNumber R00902
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Hangnyaameedhoo --Kalaafaanu Miskiiy -- Deed -- Housing plot
title Adh - Hangnyaameedhoo - Kalaafaanu ziyaaraiy - Boaga(Ziyaaraiy) Fatheh
transferredRecord Yes
type Manuscript

Links to

Linked from