ލެކަޑިވްޒް – މަލިކު – ......... – ސިޓީއެއް

Record · http://example.org/archive/record-acc-95bc9f86-r00900

1326ހ ރަޖަބް 18{1908މ އޯގަސްޓް 16..(ލިޔުމުގާ އޮތީ19....އޮޅުމެއް)}ގާ، މަލިކު މީހުންގެ ވެރިޔަކަށް އިސްކޮށްފާވާ، ފަތްތިލަގޯތި އިބްރާހީމް ތަކުރު، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު އަބްދުލް ހަމީދު ދީދީ އަށް، އޭނާ ވިދާޅުވެފާ، އޭނާގެ ބައްޕައަށް(އިބްރާހީމް ދޮށިމޭނާ ކިލެގެފާނު) ފޮނުވުމަށް އެދި، ބޮޑުގަނޑުވަރު މަނިކުފާނާއި، ތިބި އެހެން ބޮޑުންނާއި، ނިޔަމިންނާއި އަދި އެންމެހާ ރައްޔިތުންނަށް މުހާތިބުކޮށް؛ މާލޭ ބޮޑުބަނޑޭރިގެއިން، އެމީހުންނަށް އަންގަވަން ކުރައްވާފާވާ އަމުރުތަކުގެ ސިޓީ، ރަޖަބް 15ވީ ބުރާސްފަތި ދުވަހު ލިބުމުން، 16ވީ ހުކުރުދުވަހު އެންމެން އެއްކޮށް އެސިޓީގާ ބުނެފާވާ: ސިޓީ ލިބުމަށްފަހު، ދިވެހިރާއްޖޭގެ ރަސްގެފާނާ އިދިކޮޅަށް އެރަށަށް ދިޔަ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އެހީތެރިކަމަކާ، އެއްބައިވަންތަކަމެއް ނުބަހަށްޓާ، ރަދުންނަށާއި ރަދުންގެ ބޮޑުންނާއި އެކުގާ ތިބިއްޔާ، ކުރީގާ އޮތްފަދައިން، މާލެ އައިސްގޮސް އުޅުވޭނޭ ކަމުގާ ވައުދު ކުރަށްވާފާ ވައުދު ގަބޫލުކޮށް އެކަމާ އެމީހުން އުފާވާ ކަމާއި، އެމީހުންނާއި އެމީހުންގެ ދަރިފަސްކޮޅުވެސް އެ ރަސްކަމުގެ ދަށުގާ ގެންގުޅުއްވާން އެދިދަންނަވާ، އަދި އެގޮތުގާ އޭރު އެތާގާ ތިބީ، އިސްދޫ މަނިކު ހާޖީ އާއި ވާދޫގޭ ޔޫސުބު ކަމާ، އޭގެފަހުން އެދެމީހުންނާ، އެއްވެސް ކަހަލަ ގުޅުމެއް އެހީތެރިކަމެއް، އެމީހުން ނުބާއްވާ ކަމާއި، އެކަމަކު އޭރުގާ، އެރަށުގެ ސަރުކާރުން އެމީހުންގެ ހަވަރުގެ ބާރު ދުއްވާލާފާވާތީވެ، މީހަކު ހިފާ ރަށުން ބޭރުކުރުން އެއީ ކުރެވޭނެކަމެއް ނޫންކަމާ، އެކަމަކު ސަރުކާރާ ގުޅައިގެން އެކަންބަލާ ކަމާ، އަދި އެ އަމުރުފުޅު ލިބުމުގެ ކުރީގާ، އެ މަނިކު ގެންގުޅުނު ބަނގަލާ ބޯޓު އެރަށުގާ އުޅޭ ސޯޅިޔާ ވިޔަފާރިވެރިއަކަށް ޗާޓަރަށް ދޫކުރުމުން، އޭނާ އެރަށުގެ ފަޅުވެރިން ލައިގެން އެބޯޓު ދުއްވަމުން ދާ ކަމާ، އެހެންވެ އެކަން ހުއްޓުވައިފިއްޔާ، އެމީހުން ކުއްވެރިވާނެކަމާއި، އެދެމީހުން އެރަށުގާ މުޅިއުމުރަށް ތިއްބަސް، އެއްވެސް ކަހަލަ އެހީއެއް، ރަހުމަތްތެރިކަމެއް، މަލިކު މީހުންގެ ފަރާތުން ނުލިބޭނެ ކަމާ، އަދި އެރަށުގެ އެންމެން، އެދެމީހުން ކައިރިޔަށް ގޮސް، އެމީހުން އެރަށުގާ ތިބެން ބޭނުމިއްޔާ ދިވެހި ސަރުކާރުން ސިޓީއެއް ގެނައުމަށާ، އެހެންނޫނީ އެރަށުގާ ނުތިބެވޭނެ ކަމުގެ އިންޒާރު ކުރިކަމާއި، އަދި އޭގެ ފަހުން، ދިވެހި ސަރުކާރުގެ ސިޓީއެއް ނެތިއްޔާ، އެއްވެސް ދިވެއްސަކަށް އެރަށަށް ނޭރޭނެ ކަމާ، އެމީހުންގެ ކިބައިން، އެއްވެސް ހިތްހަމަނުޖެހޭ ކަމެއް ވެފާވާނަމަ، އެކަން އަންގަވާ އެކަމާ އަޅާނެ ފިޔަވަޅެއްވެސް އެންގެވުމަށް އެދި، 14 މީހުންގެ ނަންޖަހާ، ނަމާދިމާލުގާ ސޮއިކޮށް، މަތީ ވައަތު ކަނުގާ....'މިއީ މަލިކުން އައި ސިޓީއެކެ- އެމީހުން މަޑުވެތިބިއްޔާ، އިހުއުޅުނު ފަދައިން ރާއްޖެ ގޮސްއުޅުން ދެބައިމީހުންނަށް ރަގަޅެވެ...1908މ/10/10'(1326ހ/9/14)ލިޔެ، އެ ސަފީރު، ސޮއިކޮށް ފޮނުވާފާވާ ސިޓީއެއް. މި ކަރުދާސް(ސިޓީ)ގެ އަނެއްފަރާތުގާ ވެސް ލިޔެފާވެއެ... އެކަމަކު ފަހުގެ ކޮންމެސް އިރެއްގާ އެފަރާތުގާ ފަހަތް އަޅާފާވުމުން އެބައި ވަނީ (މިވަގުތަށް) ގެއްލިފައެ. Minicoy - letter(Official) (Size:13" x 16.4")

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1900s
date 1908
format Physical Medium
language Dhivehi
language Thaana
recordNumber R00900
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Laccadive -- Maliku -- Letter
title Laccadive - Maliku - ……... - Sitee eh
transferredRecord Yes
type Manuscript

Links to

Linked from