ގދ – ވާދޫ – ވާދޫ ހުކުރުމިސްކިތް – ބޯގަ(މިސްކިތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00899

1142ހ(1730މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، އޭނާގެ ރަސްކަމުގެ 10ވަނަ އަހަރު، ހުވަދޫއަތޮޅު(ގދ.)ވާދޫ ގެ ހުކުރުމިސްކިތުގެ ތައުލީއަމޫލަ ވެރިކަން(ހަވާލުވެރިކަން) ލަށްވާފާވާ ދެކަނަބަލުންގެ ދަރިކޮޅު ތެރެއިން، ތުއްކަލާގެ ދަރިކޮޅު ނެތުމުން، ދޮންދަލިއާ ކަނބުލޯގެ ދަރިކޮޅުން ހުރި މުހައްމަދު، އެރަދުންގެ ދަރުބާރުގާ، އިހުގާ އެ މިސްކިތަށް ދެއްވާފާވާ ބޯގަފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެ މިސްކިތަށް، އެ އަތޮޅުގެ ކަނޑަހަލަގައްލާ އާއި، އޮއެނިގައްލާ؟؟ އާއި، ހަޑަދޫ؟؟(ހަނޑައިދޫ؟؟)އާއި، ވަޑަވައްރެހާ އާއި، ކުބުރާއި؟؟، އަދި، ވާދޫގެ ރުކުބޮލިން(ރުއްރުކުން ނަގާ ޓެކްސް؟؟) 2/1އާއި، 4ބަދި ރަލާއި، ވާދޫ ތުއްކަލާ އާއި ދޮންދަލި އާއި ދެބޭކަނބަލުންގެ މިލްކުގާވާހާ ދަނޑު، ރުއްގަސް، ކެއޮ، ފަލަމަޑި އާއި، ގޮއިއުރަ؟؟؟، އަޅުފެމުސްވެރިން(އަޅުން/ނޯކަރުން)ނަށް އޮންނަ ރަހުރާ(ރާވެރިން ރަލުން ދައްކާ ޓެކްސް)އާއި، އެ މިސްކިތު ހަރިމުން 10 ބަމައިގެ ބިމާއި، އަދިވެސް އެހެނިހެން ތަކެތި ވާދޫ ހުކުރު މިސްކިތު ބޯގައަށް ލަށްވާ، އެ ދެބެން؟؟؟(ތުއްކަލާ އާއި ދޮންދަލީ؟؟)ނަށް އޮންނަ، މަސްބަޔާ، ދަނޑިމަސް ވެސް އެ މިސްކިތަށް ލަށްވާ، އަދި އެ މިސްކިތުގެ ތައުލީއަމޫލަ ވެރިކަން، އެ ދޮންދަލިއާ ކަނބުލޯގެ ދަރިކޮޅަށް ލަށްވާ، މި އެންމެހާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށި އަހުމަދު ލިޔުނު ދިވެސްއަކުރު ފަތުގެ، 8 ޒުލްހައްޖު؟؟ 1325ހ(1908މ ޖަނަވަރީ 12)ގާ ކޮށްފާވާ ތާނަ ތަރުޖަމާ. G.DH.Vaadhoo -Endowment for Shrine (ziyaaraiy (Size:14.15" x 13.1")

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1700s
date 1730
format Physical Medium
language Dhivehi
language Thaana
recordNumber R00899
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Vaadhoo -- Endowment of Shrine
title Gdh - Vaadhoo - Vaadhoo Hukuru Miskiyy - Boagha (Miskiyy) Fatheh
transferredRecord Yes
type Manuscript

Links to

Linked from