ގއ - ވިލިނގިލި – ކުޑަމިސްކިތް - ބޯގަ(މިސްކިތް) ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00886
1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 7ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) މަދިރި ވިލިނގިލި(ގއ.ވިލިނގިލި) ރައްޔިތުން، ސިރީ ކުލަ ރަންމަނި މަހާރަދުން އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު އަލްގާޒީ މުހައްމަދު މަހާރަދުން، އެރަށުގެ ކުޑަމިސްކިތް މައްޗަށް، ދެއްވި ބޯގަ ފަތް، އެރަށް އެނދި އިރު އަނދައިގެން ދިޔުމުން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ކައްތިރި ބަވަނަ މަހާރަދުން، ދެއްވި ފަތްކޮޅު ވަނީ ބާވެފާ ކަމުގާ ބުނެ، އެފަތުގެ މައްޗަށް ފަތްކޮޅެއް ދެއްވުމަށް އެދުމުން؛ އެ ފަތްކޮޅު ބައްލަވާ އޭގާވާގޮތަށް، އެ މިސްކިތުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ބޯގަޔަށް، ގއ.ފަޅުވެރިރެހާ އާއި ރާވެރިރެހާ އާއި ދެރަށް، ވިލިނގިލިން 81 ކާށި ރުށް، 28 ރާރުށް އަދި ފުޅަހި؟؟ ފުޅަފި؟؟ ކޮޑި ލަށްވާ، އަދި، އެ މިސްކިތަށް މުދިމަކާ، ރާވެރިއަކާ، ކެއުޅަކާ ބަހަށްޓާ އެމީހުންގެ ވާރުން އެ މިސްކިތަށް ކޮޑި؟؟(ބަޔެއް؟؟)އޮންނަން ޖެހޭނެކަމާ، އަދި، ދ.ރިނބުދޫ މާނާގާއިން ފަށައިގެން ގއ.ވިލިނގިލިގެ ކޮޅާ ދެމެދު އޮތް ފަޅުގާ، އެހެންރަށެއްގެ ބަޔަކަށް، ވިލިނގިލި މީހުންގެ އިޒުނަޔަކާ ނުލާ، އެއްވެސް ކަމެއް ނުކުރެވޭނެކަމާއި، އަދި، އެ މިސްކިތުގެ ތައުލިޔާމޫލަ ވެރިކަން(ހަވާލުވެރިކަން) އެ ވިލިނގިލީގެ ރައްޔިތުންނަށް ލަށްވާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލެ ބޮޑުގަލު މާކޮށާރު ބަނޑޭރި މުސާ ގެދަރި ހުސެއިން ލިޔެފާވާ ފަތެއް. G.A.Villin'gili - Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy) (Size:19" x 11.85)
Properties
| contributor | By Sultan Mohamed Shamsuddin |
| coverage | Modern History |
| coverage | The 1900s |
| date | 1909 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00886 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Villingili -- Mosque -- Endowment for Shrine |
| title | Ga - Villin'gili - Kuda Miskiiy - Boagha (Miskiyy) Fatheh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00886-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00886-id-1
Linked from
- record-acc-95bc9f86-r00886-oais-infoobject → hasRiCDescription