އދ - ދަނގެތި – މިސްކިތް – ބޯގަ(މިސްކިތް) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00882

(ތާރީހެއްނެތް) އައްސުލްތާނު ހަސަން ނޫރައްދީނު، ކައްތިރި ބަވަނަ މަހާރަދުންގެ ދަރުބާރުގާ، އަރިއަތޮޅު ދަނގެތި ރައްޔިތުން، އެރަށުގާ ބޮޑުކަނބާފާނު ބިނާކުރެއްވި ދަނާރު(މިސްކިތް)އަށް، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ނަވަލޯކަ މަހާ ރަދުން ދެއްވި ފަތްކޮޅު ވަނީ އުވިފާކަމުގާ ބުނެ، އެ މިސްކިތް ބެލޭނޭ ފަދަ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތަށް ބޮޑުކަނބާފާނުންވެސް ލެއްވި ވަގުފްކަމުގާވާ، ރަށު ގޮއިރުކާ...(މިފޮޅުވަތުގާ މެދުބައި އޮތީ ހުހަށް... ލިޔެފާވާ އެއްޗެއް ތަރުޖަމާނަށް ނޭގިފަކަމުގާ ދެކެން).. އަދި ރުއްއަރައިފި ދުވަހަކުވެއްޖެއްޔާ، ރާ އަޑުބައެއް، ބީރަށްޓެއްސަކު ރުއް އެރިއްޔާ ރާ ކުޅަ(ކުޅައި..ރުނބާއެއް)ލެއް، އެރަށު މީހަކު އެހެން ރަށެއްގެ ރުއްއަރައިފިއްޔާ ބޮލި ކޮއްޓޭއެއް ދޭންޖެހޭނެ ކަމާ، އެރަށާ ޖެހިގެން އޮތް ކުޑަފުށި ކިޔާ ރަށް ލަށްވާ، އެރަށުގެ ކަތީބު އަލީ އާއި އޭނާގެ ދަރިކޮޅު މަތިކޮށް، އަދި ކަނބާފާނުގެ ދަރިކަލަކު ނުވަތ ދަރިކަނބަލަކު ވިޔަސް، އެ ވަގުފްއާ ދެކޮޅުހަދައިގެން ނުވާނެ ކަމުގެ އަމުރުނެރުއްވުމުން، އަހުމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ ހަސަން ދިވެސްއަކުރުން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ، ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 25(1922މ އޭޕްރިލް 23)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް. A.Dh.Dhan'gethi - Mosque - Endowment for Shrine (ziyaaraiy) (Size: 12.2" x 16.2")

View in graph → Edit →

Properties

contributor By Sultan Hassan Nooraddin
coverage -
date -
format Physical Medium
language Dhivehi
language Thaana
recordNumber R00882
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Dhangethi -- Mosque -- Endowment of Shrine
title Adh - Dhan'gethi - Miskiyy - Boagha (Miskiyy) Fatheh
transferredRecord Yes
type Manuscript

Links to

Linked from