..... – ...... – …... – ސިޓީއެއް
Record
· http://example.org/archive/record-acc-95bc9f86-r00870
1332ހ ޒުލްހައްޖު 4(1914މ އޮކްޓޯބަރު 24)ގާ،(ލިޔުނު ފަރާތެއް އިނގޭކަށް ނެތް)އަތިރީގޭ އަބްދުލް ހަމީދު ދީދީޔަށް؛ ދޮންމަނިކުގެ އަބްދުއްލޯގެ ސަލާމްއާއި، އަބްދުލް މަޖީދު ދީދީ ހާލު ރަނގަޅުކަމުގާ ބުނެ ފަށްޓާފާވާ، ދިއްދޫ އޮޑި އުރުނީ ޒުލްގައިދު 30 މެންދުރު 12 ޖެހިއިރުގާ ކަމާ، އެވާހަކަ، ހައްޖުމަހުގެ 2ވަނަރޭ، އިނގުމުން، އެދުވަހު ނާޖޫއާ، އޭނާޔާ(ލިޔުނުފަރާތް)، އަބްދުއްލޯ އަދި އެނަވުގެ މާލިމީއާ އެންމެން، އެބޯޓު ފުންވޭތޯ އާގު ބޯޓެއް ހޯދަން އުޅެނިކޮށް، އުރުނު ބޯޓުގެ 3 މީހުންނާ ދިމާވެ، އެއޮޑި އޮތީ އެއްގަމުގައޭ ބުންޏަސް ރަނގަޅުވާނޭ ބުނުމުން، އެ ހަތަރު މީހުން އެއޮޑި ކައިރިޔަށް ގޮސް ބަލާ އަދި ދެން އޮތްގޮތަކީ، މާލުބަނޑެއް ހިފައިގެން މުދާ ބާލާ އޮޑި ފުންކުރަން ޖެހުން ކަމުގަޔާ، އެވަރުންވެސް އޮޑި ސަލާމަތްވާނެހެން ހީނުވާ ކަމުގާ ބުނެ، އޮޑި ބީހިފާއޮތް ގޮތް ތަފްސީލުކޮށް ބަޔާންކޮށް، އަދި އެހާދިސާ ހިނގީ އޮޑީގާ އާރުކާޓީ(ދަތުރުކުރާ އެއްޗެތި ބަނދަރަށްވަދެ ނިކުމެވާ މަގު ދައްކާން އަރާމީހާ) ހުއްޓާ ކަމާއި، ބޯޓު ބީހެންއުޅޭތީ ނަގިލިލާން، ބޯޓުގާ ތިބި މީހުން ބުނުމުންވެސް އެ އާރުކާޓީ އެ އަޑުނާހާ، އަދި ބީހުމުންވެސް މުދާކޮޅުވެސް ބާލާދޭން ނޫޅޭ ކަމާ، އަދި މުދާ ބާލަން ކުލީ މީހުންނާއި ސާމާނު ބޭނުންވާ ކަމުގަޔާ، އޮޑީ މީހުންނަށާ އަދި އެމީހުން ގެންގޮއްސާވާ ކާއްޓަށް ހަދާނީ ކިހިނެތްތޯ އަހާ، ތިރީގާ ނޯޓެއްގެ ގޮތުގާ، މިސިޓީ ލިޔުނުއިރުވެސް އަބްދުއްލޯ ދީދީ ވަޑައިނުގަންނަވާކަމާ، އަމާނަތުއްރަހުމާނުގެ ހަބަރެއް ނުވާ ކަމާ، ދިޔައީ ބޮޑުނާކޮޅު އާއި ހައްދުންމަތީ އޮޑިޔާ ކަމުގާ ލިޔެފާވާ، އަދި ސިޓީގެ ތިރީގާ އެހެން ދެއްޔެއް އަދި އަތުލިޔުމަކުން، 'ޒުވާބުދިނީ 1914 އުކްތޫބަރު 28'(1332ހ ޒުލްހައްޖު 8)ސިޓީއެއް. (Size: 10" x 8") letter(Official)
Properties
| contributor | - |
| coverage | Modern History |
| coverage | The 1900s |
| date | 1914 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00870 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Letter |
| title | …... - …... - …... - sitee eh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00870-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00870-id-1
Linked from
- record-acc-95bc9f86-r00870-oais-infoobject → hasRiCDescription