ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ – ސިޓީއެއް

Record · http://example.org/archive/record-acc-95bc9f86-r00863

1326ހ މުހައްރަމް 24(1908މ ފެބްރުވަރީ 27)ގާ، މަތީގާ، 'ޔޫސުފް ބަހީގެ ކުޑަ ބޯޓުން' މިހެން ޖަހާ، ދިވެހި އެންބަސީގެ 'ލެޓާހެޑް'ގާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީގ، ބޮޑުބަނޑޭރިގެޔަށް؛ ޒުލގައިދު 25 އަދި 29ގާ ފޮނުއްވި ސިޓީ އާއި -/1000 ރުފިޔަ ލިބުނުކަން އަދި ފޮނުވަން އެންގި އެއްޗެތި ވީއެންމެ އަވަހަކަށް ފޮނުވޭތޯ ބަލާނެކަމާ، ސްޓޭންޕް ހެއްދުމަށް /-2500ރުފިޔާގެ އެޑްވާންސެއް ބޭނުންވާތީ، އީ.ޖީ އާދަމް އަލީ ކުންފުނިން އެކަމަށް އެދި، އެކަމަކު ލިބޭނެހެން ހީނުވާކަމާ، ކަންތައް ލަސްވަނީ ފައިސާގެ ދަތިކަމުން ކަމުގާ ބުނެ އެކަން ރަންގަޅުކުރަން އެދި، އަދި ރާއްޖެޔަށް ހަނޑުލުގެ ދަތިކަން ލިބިދާނެކަމުގާ ފެންނަކަމާ، އީ.ޖީގެ ސަވައިދީނުވެސް އެހެން ރަށަކަށް ދިޔުމުން، އެމީހުންގެވެސް މިހާރުއޮތީ އެއްބޯޓު ކަމާ، އަބްދުލް ހައިނީ ޝެއިހު ޖީވަންޖީގެވެސް، މިހާރު އޮންނަނީ، ދުވާ އެއް ބޯޓުކަމާ، އޭނާ އެކިއެކި ސޭޓުން ކައިރީ، ވަކިވަކިން ހަނޑޫ ފޮނުވޭނޭގޮތް ވޭތޯ ބަލާކަމުގާ ބުނެ، އެސަފީރު ސޮއިކޮށް، އަދި އަރިމަތީގާ ވަކިން އީ.ޖީ އާދަމް އަލީ އަތުން ރުފިޔާ ނުލިބުނުވާހަކަ ލިޔެ، އެތާވެސް ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. (Size: 11.05" x 8.3") Sri Lanka - Maldivian Embassy - letter(Official)

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1900s
date 1908
format Physical Medium
language Dhivehi
language Thaana
recordNumber R00863
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Sri Lanka -- Maldivian Embassy -- Letter
title Sri Lanka - Kolpitiya - Dhivehi Embassy - Sitee eh
transferredRecord Yes
type Manuscript

Links to

Linked from