ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ - ސިޓީއެއް
Record
· http://example.org/archive/record-acc-95bc9f86-r00830
(އަހަރެއް ނެތް)..19 ޖޫނު 3، ތާރީހުކޮށް، ޝްރީލަންކާގާ ހުންނަ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ މާލެ ބޮޑުބަނޑޭރިގެޔަށް؛ 'ސިއްރުސިޓީ' މިހެން މަތީގާ ޖަހާ، ކޮޅުނބުގާ ތިއްބެވި، އެއްގަމުގޭ އަލީ ދީދީ އާއި އަބްދުއްލޯ ދީދީއަށް، އެއްފަހަރާ -/3000 ރުފިޔާ އައި ކަމުގެ ހަބަރު، ހަމީދު ދީދީ އަށް ލިބުނު ކަމާ، އެގޮތަށް އެތަށްފަހަރަކު ފައިސާ ލިބޭ ކަމާ، އަދި، އެދެބޭފުޅުން، ޖަވާހިރު ބައްލަވައިގަނެގެން ބަންގާޅަށް ވަޑައިގަންނަވަން އުޅުއްވާހެން ހީވާކަމުގެ ވާހަކަ އިވޭކަމާ، އެކަންތައްތައް އެވަނީ ސަރުކާރަށް ސިއްރުން ކަމާ، ކެނޑިނޭޅި އެބޭފުޅުންނަށް ސިޓީވެސް ދާ ކަމާ، އެހެންވެ، އެއްގަމުގެޔަށް ބަނޑޭރި ބޭކަލުން ފޮނުއްވައިގެން، ގޯތިތެރެޔާ އެއްކޮށް، ހުރިހާ ތަނެއް ރަންގަޅަށް ހޯދާ ބެލުން އެއީ އޭނާޔަށް ފެންނަކަމެއް ކަމުގަޔާ، އަދި މިކަމާ ހުސިޔާރުވެ، އެކަން މަނާވާނެ ގޮތެއް ހޯދަންވެއްޖެ ކަމުގަޔާ، އަދި ފައިސާޔާ، ސިޓީ ދަނީ މޫސާ ބަހީގެ ބޯޓުން ކަމުގާ ހީވާކަމާ، އެހެންވެ އޭނާގެ ބޯޓެއް ދަތުރަށް ވެގެން ފުރުމުން، ބަނޑޭރިގޭން މީހުން ފޮނުވާ އެބޯޓަށް އަރާ، ހުރިހާ ކަލާސީން(ބޯޓުގެ ފަޅުވެރިން)ނާ، ނަކުވާ(ބުންބާ ބޯޓުގެ ނެވިމީހާ)ޔާ މައްޗަށް ގެންގޮސް ރަންގަޅަށް ބޯޓު ބައްލަވާ ހަށްދަވަން، އޭނާޔަށް ފެންނަކަމާ، ފިހާރައިން ދާ ސިޓީޔާ، ފޮށިފޮށްޓާ، ފާސިންޖޯރަކު(ޕެސެންޖަރަކު) ދާނަމަ، އެމީހާގެ ފޮށްޓާ ސާމާނަ ބެއްލެވުމާ، އެގޮތުން އެއެއްޗެތި ފެނިދާނެކަމުގާ ހީވާ ކަމާ، އަދި ފިހާރަ ސިޓީ، އެ ފިހާރައިގެ މުނިމް(ހިސާބު ބަލާ މީހާ؟؟)ލަށްވާ ކަނޑާ، ކިޔަން ދަންނަ މީހަކު ލަށްވާ ކިޔުއްވާ، ހުންޑީއެއް ވާނަމަ، ގުޖުރާތީ ދަންނަ މީހަކަށް ދެއްކެވުމާ، މިކަންކަންވެސް ކުރަށްވަން އޭނާޔަށް ފެންނަކަމާ، ފެނިވަޑައިގަންނަވާ ރަންގަޅު އެހެންގޮތަކަށް ނަމަވެސް މިކަންތައް ކުރަންވެއްޖެ ކަމުގާ ލަފާދެއްވާ؛ ލިޔެފާވާ ސިޓީއެއް. (Size: 10.1" x 7.85") Sri Lanka - Maldivian Embassy - letter(Official)
Properties
| contributor | - |
| coverage | - |
| date | - |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00830 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Sri Lanka -- Maldivian Embassy -- Letter |
| title | Sri Lanka - Kolpitiya - Dhivehi Embassy - Sitee eh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00830-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00830-id-1
Linked from
- record-acc-95bc9f86-r00830-oais-infoobject → hasRiCDescription