ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ – ސިޓީއެއް
Record
· http://example.org/archive/record-acc-95bc9f86-r00829
(ތާރީހެއް ނެތް)، ޝްރީލަންކާގާ ހުންނަ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ(ސޮއިއަށް ބަލާފާ)، މާލެ ބޮޑުބަނޑޭރިގެޔަށް؛ މޫސާ ބަހީގެ ހައިދަރީ އިން ފޮނުއްވި، ޖުމާދިލްއާހިރު މަހު 20ގާ ލިޔުއްވާފާވާ ސިޓީއާ، ދަގަނޑު ކީހާ ތިލަބުރިޔެއް، ލިބުނު ކަމާ، އަހު؟(އަސް)ކާ ސާމާނާޔާ، ކާށިތެލާ ފޮނުވަން ލަސްވީ، ކަރާ(ޝްރީލަންކާ؟؟)ގެ، ސުލްތާނު ކިޔާ ބޯޓަށް އެ ސާމާނުލާ، އެ ބޯޓު ޖޫނު 12ގާ ފުރިނަމަވެސް، 40 ދުވަހު ކަނޑުމަތީއުޅެފާ، ނުދުއްވިގެން އަނބުރާ ގޮސް، އަދި 3 ދުވަހު ބަނދަރުގާ އޮވެފާ، ދެން ފުރައިގެން ދިޔުމުން ވީ ލަހެއް ކަމާ، ބަންގާޅުގާ، ކާށީގެ އަގަކީ 20 ރުފިޔާ ކަމާ، ހަނޑުލުގެ އަގު އަދިވެސް ދަށްނުވާ ކަމާ، އަދި ކޮޅުނބުގާ މަހުގެ އަގުހުރީ 33-34ގާ ކަމާ، ޖުލައި 22ގާ ފުރި، ކަރީމު؟(ވީދިގެން ކިޔަން ނޭނގޭ)ޖީގެ 'ޑޭލާ' އިން ވެޔޮދޮށުގޭ އިބްރާހީމް މަނިކުގެ ހަވާލުގާ، ލަކުޑިޔާ، ކޮންނަބޯޓުގެ ސާމާނާ، ޑައިނަމައިޓް ފޮނުވި ކަމާ، ހައިދަރީން ދަނގަނޑު ކީހާ 12ކީސްތިލަ ފޮނުވާނެ ކަމާ، އަދި ފުލުހުންނަށް ކޭ.މިސްކީނު ކިޔާ ސޯޅިޔާއެއް ފުލުހަށް ފޮނުވާފާވާ ސިޓީއެއްގެ ކޮޕީއަކާ، އެ ސިޓީއާ ހަވާލާދީ ފުލުހުންގެ ވެރިޔާ ފޮނުވި ސިޓީއާއި، ސަފީރު، އެޔަށް ދެއްވި ޖަވާބުގެ ކޮޕީއާ(N-15،N-15A )ވެސް މިސިޓީއާ އެކު ފޮނުވާ ކަމާ، އެސިޓީގާ އޮތް ކަންތައް ބަލާ، އެކަންތައް ވެފާއޮތް ގޮތެއް، ވީހާވެސް އަވަހަކަށް އެންގުވުމަށާއި، މިކަންކަން ބަޔާންކޮށް؛ ފޮނުވާފާވާ ސިޓީއެއް. (Size: 10.1" x 7.85") Sri Lanka - Maldivian Embassy - letter(Official)
Properties
| contributor | - |
| coverage | - |
| date | - |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00829 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives -- Sri Lanka -- Maldivian Embassy -- Letter |
| title | Sri Lanka - Kolpitiya - Dhivehi Embassy - Sitee eh |
| transferredRecord | Yes |
| type | Manuscript |
Links to
- hasCreator → National Archives of Maldives
- hasOAISCounterpart → record-acc-95bc9f86-r00829-oais-infoobject
- hasOrganicOrFunctionalProvenance → acc-95bc9f86
- hasOrHadIdentifier → record-acc-95bc9f86-r00829-id-1
Linked from
- record-acc-95bc9f86-r00829-oais-infoobject → hasRiCDescription