ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ - ސިޓީއެއް(މަސް/ކާޑުގެ ބާވަތް)

Record · http://example.org/archive/record-acc-95bc9f86-r00826

1908މ މޭ 24(1326ހ ރަބީލްއާހިރު 23)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ '-އީ.ޖީގެ ދީނުގަންޖާއިން-'، މިހެންލިޔެ، ޝްރީލަންކާއަށް ރާއްޖޭން ގެންދާ މަސް ހުންނަނީ، މަސްގަނޑު މާބޮޑަށް ކަނޑާ، ރަނގަޅަށް ނުހިއްކާ، ކަށިވެސް ނުފިލުވާ ކަމުން، އެ މަހުގެ 'އިއްޒަތް' ދެރަވެ، ރަނގަޅު އަގު ނުލިބޭތީވެ، މަސް ގެންދާ ހުރިހާ ސޭޓުންނާ އަދި އެރަށުގެ މަސްގަންނަ 'ސަންމާންކާރު'ންނާ އޭނާ އެވާހަކަ ދެއްކުމުން، އެމީހުންވެސް އެކަން ވަނީ އެހެން ކަމުގާ ބުނާ ކަމާ، ރާއްޖޭން ބޭރުވާ މަހަކީ، އޭގެ ބޮޑުބައެއް ޝްރީލަންކާޔަށް ގެންދާ މަސް ކަމުގަޔާ، އަދި ޝްރީލަންކާ ސަރުކާރުން، ބޭރު އެހެން ގައުމުތަކުން ދިރޭ މަސް ގެނެސް، އެތާގެ ކޯރުކޯރަށާ ފެންފެންގަނޑަށް ލާ އެ އާލާކުރަން ވާހަކދަށްކަމުން ގެންދާ ކަމާ، ރާއްޖޭގެ މަހުގެ ފެންވަރު ދައްވަންޏާ، އާހިރުގާ ރާއްޖެޔަށް ވެދާނެ ގެއްލުމާ، ރާއްޖޭގެ މަސްވެރިންނަށް އެކަން ނުވިސްނޭތީވެ، ސަރުކާރުން، ކަމާބެހޭ އަމުރެއް ނެރުއްވުމަކީ ރަނގަޅުވާނެ ކަމެއްކަމުގާ ދެކޭ ކަމާ، އަދި މޫސާ ބަހީގެ ހައިދަރީން، ތިރިނާކޮޅަށް ސާމާނުލީ ދުވަހު ހަލާކުވީ ހެންވޭރު ގަނޑުވަރުގެ ހަތަބުކޮޅުގެ ބޮލާ، އާ ގޮނޑިޔަކާ، އަދި އިތުރު ފޮށިގަނޑެއް ފޮނުވި ކަމާ، ބަންގާޅުގަޔާ އަދި ސިލޯނުގާ ކާށްޓާ ކާށިތެލުގެ އަގު ދަށްވެއްޖެ ކަމާ، = ކުރިޔަށް އޮތް އަހަރު ބަންގާޅުގާ ހަނޑޫ ހަށްދާލޭ ގިނަވާނެ ކަމުގެ ވާހަކަ އިވޭ ކަމާ، ސުތުލިން ލިބުނު ގެއްލުން ބޮޑުކަމުން، ސުތުލި ހެއްދި މީހުންވެސް އެއަހަރު ހަށްދާނީ ހަނޑޫކަމުގަޔާ، ބަންގާޅު ސަރުކާރުންވެސް އެކަމާ އުޅޭކަމާ، އަދި ކަރާޗީގާ ހަނޑުލުގެ އަގު، 44-45ށް ކަނޑިއެއް(3 ނާޅި/3ކިލޯ) އަރައިފިކަމާ، އަދި ބަންގާޅުގާ ގަޑުބަޑު ވަރަށް ބޮޑުކަމާ މިއެންމެހާ ކަންކަން ބަޔާންކޮށް؛ ލިޔެފާވާ ސިޓީއެއް.(Size: 10.15" x 7.9") Sri Lanka - Maldivian Embassy - letter(Official)

View in graph → Edit →

Properties

contributor -
coverage Modern History
coverage The 1900s
date 1908
format Physical Medium
language Dhivehi
language Thaana
recordNumber R00826
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Sri Lanka -- Maldivian Embassy -- Letter
title Sri Lanka - Kolpitiya - Dhivehi Embassy - Sitee eh (Mas/Carduge Baavai)
transferredRecord Yes
type Manuscript

Links to

Linked from