މ - ވާރިޔާފުށި – … – ދަރުމަ(ރަށް/ފަޅު) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00808

(ތާރީހެތް ނެތް..ރަދުންގެ ކޮލިނަން އަދި ވެރިކަމުގެ އަހަރަށް ބަލާފާ)1140ހ ޒުލްގައިދު(1728މ ޖޫނު 23)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ސުވަސްތިސިރީ، މަތަމަހާސިރީ ރަންނަވަލޯކަ އަބާރަނަ ސިޔާކަ ސާސްތުރަ އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން)ގެ ރަސްކަމުގެ 7ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވާރިޔާފުށި(ކޮޅުވާރިޔާފުށީ/ކޮޅުފުށި)ރައްޔިތުން، އެމީހުން ފަރުހިލާ ފަޅުގެ މައްޗަށް ފަތްކޮޅަކަށް އެދުމުން؛ އެ ވާރިޔަފުށީގެ ގޮނިނެރުން(މޫދުން ރަށުގެ ތެރެއަށް ވަދެފައިވާތަން) ރަށުދެކުނުގާ އޮތް ހާފުށީ ދެކުނުކޮޅު މާބަދީ(އުސް ފަސްގަނޑެއް)އިމުގެ ފަޅުން ފަށައިގެން، އެރަށުގެ އުތުރުގާ އޮތް ދޫނިފުށި އާ ހަމަޔަށް އޮތް ފަޅާއި، އެ ދެ ރަށާއި، އަދި އެދިމާލުން ތޮވަރުފަޅު އުތުރުކޮޅުން ފަށައިގެން އެފަޅުގެ ދެކުނުކޮޅަށް ދާންދެން އޮތް ފަޅާ، އެފަޅުގާވާހާ ރަށްތަކާއި، އެ އެންމެހާ ތަންތަން، ވާރިޔާފުށި ރައްޔިތުންނަށް ދެއްވިކަމާ، އަދި ތޮވަރު ފަޅު ދެކުނުން އޮތް ކުރެލި އާއި، އެދެމެދު އޮތް ކުޑަހިނި ފަޅު، މާހިނި ފަޅު، ފުށިގާފަޅު، އަދި ބޯމާ ފަޅު އާއި މި ފަޅުތަކަށް، ވާރިޔާފުއްޓާ، މިދެ؟؟ރަށުގެ އަޅުތަކުންގެ އަމުރުނެތި، އެއްވެސް އެހެން މީހަކަށް ނުވަދެވޭނޭ ކަމާ، މިހުރިހާ ކަމެއްގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ފެންފުށީ އަހުމަދު ލިޔުނު ދިވެސްއަކުރު ފަތުގެ، 1979މ މާޗް 6(1399ހ ރަބީލްއާހިރު 7)ގާ، ހުސެއިން ފަހުމީ ކުރެއްވި ތާނަ ތަރުޖަމާ. (Size: 8.9" x 7.3") M - Vaareyaafushi - gift

View in graph → Edit →

Properties

contributor By Sultan Ibrahim Iskandar
coverage Modern History
coverage The 1700s
date 1728
format Physical Medium
language Dhivehi
language Thaana
recordNumber R00808
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Vaareyaafushi -- Gift
title M - Vaareyaafushi - … - Dharuma (Rah/Falhu) Fatheh
transferredRecord Yes
type Manuscript

Links to

Linked from