ޝްރީލަންކާ – ކޮލްޕިޓިޔަ – ދިވެހި އެންބަސީ – ސިޓީއެއް

Record · http://example.org/archive/record-acc-95bc9f86-r00788

(ތާރީހެއް، ތަނެއް، ނެތް) ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް، ސަފަރު 25ގާ ލިޔެ ފޮނުވާފާވާ ސިޓީއަކާ، އެސިޓީއާ އެކީ ފޮނުވި 1900.00 ރުފިޔާގެ ހުންޑީ(އަނެކާގެ ހަވާލުގައި ހުންނަ، ތިމާގެ ފައިސާ، ދިނުމަށް ދޭ ސިޓީ) ލިބި، އެ ހުންޑިޔާ، އީޖީ އާދަމް އަލީ ކުންފުންޏަށް، ފޮނުވާ އެފައިސާ ގެނެސް ބަހަށްޓާފާވީ ކަމާ، 2 ޑޯކާޓް؟؟(ގޯކާޓް؟؟)ނުނިމޭ ކަމާއި، އެ ނިމިގެން ބިލާއެކީ ގެނައުމުން، އެފައިސާ ދަށްކަފާނެކަމާއި، އަބްދުލް ހަމީދު ދީދީގެ ހާލު ރަނގަޅުވަންދެން، އަބްދުލް މަޖީދު ދީދީ އެންގެވި ފަދައިން، ހުރިހާ ބޭފުޅުންގެ ހާލުކޮޅާއި، ގަނޑުވަރުގެ ކަންތައްތައް ބަލާނެކަމާ، އަދި، ބަންގާޅުން، ވަންދޫ މޫސާފުޅު، އެމަހު 12 ދުވަހު ލިޔެފާވާ ސިޓީގާ، ނަސްރު ހަމީދު 10ވަނަ ދުވަހު އަދި އަމާނަތުއްރަހުމާނު 11ވަނަ ދުވަހު، ފުރައިފިކަމާ، އަތިއްޔަތުއް ރަހުމާނުވެސް ވީހާވެސް އަވަހަކަށް ފުރުވާލާނެ ކަމާ، އާގުބޯޓެއްގާ އުޅެނިކޮށް ހާނިއްކަވެގެން ބޭސްކުރަމުންދާ ކުމުންދޫ އީސާ، އޭނާ މާލޭގެންދަން އާދޭސް ކުރާ ކަމާ، މަލިކު މީހަކުވެސް މަތީރަށުގެ ނަދުރަށް ދާން އާދޭސް ކުރާ ކަމާއި ލިޔެފާވާތީ، އެ ކުމުންދޫ އީސާ މާލެ ގެންދަން އެންގި ކަމާ، މަލިކު އެހެން މީހުންވެސް ނަދުރަށް ގެންދާކަން އެގޭތީވެ، އެ މަލިކު މީހާވެސް ގެންދަން، މަލިކު މީހުންނަށް އަމުރު ދިންކަމުގާ ބުނެ؛ ހަތީބު ސީދީ ގެ ނަމުގާ، ފޮނުވާފާވާ ސިޓީއެއް.A letter on a government policy (Size: 10.65" x 8.3") Sri Lanka - Maldivian Embassy - letter(Official)

View in graph → Edit →

Properties

contributor -
coverage -
date -
format Physical Medium
language Dhivehi
language Thaana
recordNumber R00788
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives -- Sri Lanka -- Maldivian Embassy -- Letter
title Sri Lanka - Kolpitiya - Dhivehi Embassy - Sitee eh
transferredRecord Yes
type Manuscript

Links to

Linked from