ކ - މާލެ - ގ.ކަރަންކާގެހުރި ގޯތި - އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00523

1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Galolhu Karankaage, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

View in graph → Edit →

Properties

contributor -
coverage IF(AND(I524>=600,I524<476),"Classical History
coverage The "&LEFT(I524,3)&"0s",""))))
coverage The "&LEFT(I524,3)&"0s",IF(AND(I524>=1450,I524<1750),"Easily Modern History
coverage The "&LEFT(I524,3)&"0s",IF(AND(I524>=1750,I524<2025),"The Modern History
coverage The"&LEFT(I524,3)&"0s",IF(AND(I524>=476,I524<1450),"Middle Ages
date 1929
format Physical Medium
language Dhivehi
language Thaana
recordNumber R00523
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Karankaae huri Goath-- Housing plot-- Private property
title K - Male' - G.Karankaae Huri Goathi - Amilla Goathi Fatheh
transferredRecord Yes
type Manuscript

Links to

Linked from