ކ - މާލެ - ގ.ފުއްކޭ ގޯތި – ވަގުފް ގޯތި

Record · http://example.org/archive/record-acc-95bc9f86-r00398

View OAIS mapping → View in graph → Edit →

1350ހ ޖުމާދިލްއާހިރު 28(1931މ ނޮވެންބަރު 9)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ބަނޑޭރިގޭ އައިމިނަތު ދީދީގެ ދަރި ސާރާ ދީދީ ގެ ފިރި، ސިއްކަ ހަސަން ދީދީގެ މޫސާ ދީދީ އާއި، ހަނދޭގިރިގޭ ހަސަން މަނިކުގެ ދޮންތުއްތު އާއި، ފުއްކޭގޭ ދޮންތުއްތުގެ އަލިފުޅު އަދި ކަތިފައި ޅަކޮއިގެ މޫސާފުޅުގެ އިބްރާހީމް މަނިކު އައިސް، ސާރާ ދީދީގެ މުނިކާފަ، ފުއްކޭގޭ އާބަކުރު ކަލޭފާނުގެ ވަގުފް ގޯތިން ސާރާ ދީދީ އަށް ވީ، ފުއްކޭގޭ 2/1، ހުޅުލޭ ކާސިމްކޮއި އަތުން -/200ރުފިޔާ ނަގާ، އޭނާޔާ ހަވާލުކޮށްފާވަނިކޮށް، އެ ކާސިމް ނިޔާވުމުން، އެތާގެ ތަރިކަވެރިން، އެތަން ދޫކޮށްލަން އެދުމުން، ސާރާ ދީދީ، އެ ދުއިސައްތަ ރުފިޔާ އެމީހުންނަށް އަނބުރާ ދަށްކާ، ޅަކޮއިގޭ އިބްރާހީމް މަނިކުއަށް، އޭނާ، ބޭނުން އިމާރާތެއްކޮށް އެތާ އުޅުމަށާ، އަދި، ކޮށްފާވާ އިމާރާތެއްގެ އަގާއި، އެ ދުއިސައަތަ ރުފިޔާ އަނބުރާ ދީފާ ނޫނީ އޭނާ ކިބައިން އެތަން ނުނަގާނެކަމުގާ އިގުރާރުވެ، އެ އިބްރާހީމް މަނިކު އަތުން -/200ރުފިޔާ ނަގާ އޭނާޔާ އެތަން ހަވާލުކޮށްފިކަމުގާ ބުނެ، އެމަގަށް ލިޔުމެއް ދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެކަންކަން އެޝަރީޔަތުގެ މަޖިލީހަށް ސާބިތުވެ، އެވަގުފް ސައްހަކަމަށް ނިޔާކޮށް، ލިޔެފާވާ ކަރުދާހުގެ ނަކަލެއް.(Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1930s
date 1931
format Physical Medium
language Dhivehi
language Thaana
recordNumber R00398
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Fuhkei Goathi-- deed for housing plot
title K - Male' - G.Fuhkei Goathi - Vaguf Goathi
transferredRecord Yes
type Manuscript