ކ - މާލެ - މ.މުނިޔާގެ ހުރި ގޯތި – އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00394

View OAIS mapping → View in graph → Edit →

1348ހ ރަބީލްއާހިރު 10(1929މ ސެޕްޓެންބަރު 14)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރީއަތު މަޖިލީހުގާ، ތަކަންދޫ ހުސެއިންގެ ދަރި އަލީ، އޭނާ، ހޮޅުދޫ ހާޖީގެ ދަރިކޮޅުމީހުން އަތުން ގަނެ މިލްކު ކޮށްފާވާ ގޯތީގެ ފަތް ހަލާކުވެއްޖެކަމަށާ، އޭގެމައްޗަށް ފަތެއް ލިޔެދިނުމަށް އެދުމުން؛ އެފަތަކީ، އައްނައިބު ހުސެއިން ސަލާހުއްދީނު އާއި އަލް ހަތީބު ހުސެއިން ނިޔާކުރެއްވި މަޖިލީހުން، 1329ހ(1911މ)ގާ، ހަމަ އެ އަލީ، މައްޗަންގޯޅި ދނަޑިކޮށީ އަހުމަދު ކަލޭފާނުންގެ ވަގުފްގޯތީގެ އިރުން އޮތް ގޯޅީގެ އިރުން އޮތްގޯތި، އޭނާ، ހޮޅުދޫ ހާޖީގެ ސިއްތިކަލޭފާނުގެ އަދި ސަންޕާފުޅުގެ ދަރިންނާއި އަދި ހުސެން ދީދީ އާއި މިބައިމީހުން އަތުން ގަނެފި ކަމުގާ ބުނެ އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދިނުމަށް އެދުމުން، އެކަން ބަށްލަވާ، އެތާގެ، 1316ހ(1898މ)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީއަތު މަޖިލީހުން، މުހައްމަދު ފަޑިއަތް ތަކުރަށް މިލްކުވެފާވާ ގޯއްޗެއް ކަމުގަޔާ، އަދި އެތާގެ އިމާއި، މިން ބަޔާންކޮށް ލިޔެފާވާ ފަތެއް ކަމާއި،( ހޮޅުދޫހާޖީޔަށް މިގޯތި މިލްކުވީ ގޮތެއް ބަޔާންވެފަކާ ނެތް..،) އަދި އޭގެ ފަހުން މުޅިއެތަން އެ އަލީއަށް މިލްކުވެފާވާ ކަމާއި، މުޅި އެތަނުގެ މިން ހިމަނާ، އަދި އެތާގެ އިރުން އޮތީ، ކުރީގާ އެގޯތީގެ ބެހިއިރު ބާރަބައިން ބައި ކަމުގާ، އާދަމް މަހައްލީ ގެދަރި މޫސާއަށް ލިބި އަދި އޭނާ، އެހެންތަނެއްގެ ބަދަލުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުއަށް ދީ އޭނާގެ މިލްކު ގޯތި ކަމުގާ ބަޔާންކޮށް، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުން ސާބިތުވުމުން އެޝަރިއްޔަތު މަޖީލީހުން، އެމަގަށް، އައްނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް.A letter sent on 10 September 1975 to Sultan Mohamed Fareed Didi by Bryan Hendershott. The letter introduces Bryan Hendershott & Son company as government and public relations counsellors, and offering their services. (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1920s
date 1929
format Physical Medium
language Dhivehi
language Thaana
recordNumber R00394
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Muniyaage huri Goathi-- Housing plot-- Private property
title K - Male' - M.Muniyaage Huri Goathi - Amilla Goathi Fatheh
transferredRecord Yes
type Manuscript