ރ - އަނގޮޅިތީމު – މިސްކިތު ބޯގަ؟؟ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00390

View OAIS mapping → View in graph → Edit →

1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރަށް، ދޮށުންގެ(މިސްކިތް/ޒިޔާރަތުގެ އެކިއެކި ކަންތައް ބަލަހަށްޓާ މީހުން) 8 ބޭކަލުން، ވެދުން ހިފައިގެން އައިސް؛ އެމީހުންނަށް އައްސުލްތާނު އިމާދުއްދީނު، އޭނާގެ ރަސްކަމުގެ 14ވަނަ އަހަރު ލިޔެދެއްވި ފަތް ބާވެގެން އެފަތް އާކޮށްދެއްވަން ދެންނެވުމުން، އެކަން ގަބޫލުކުރަށްވާ، މާޅޮސްމަޑުލު އަނގޮޅިތީމުން، ފަތްބަލާ ލާރި ކަމުގާ، ބޮލިކޮށްޓޭ މ(1)، އުތުރުކޮޅުކޮށްޓޭ މ(1)، ފަސްމޫނުން ބާނީ ލާރި ލ(5)، އަނެއްކާ ބޮލިކޮށްޓޭ ޖ(7)، ފައު(އަށްހިޔަބޮލި) 0މ(10) އަނެއްކާ ލާރި ޖ(7) އަނެއްކާ 10 ފައު، މިތަކެތީގެ 12/1 އަދި ނިމަ(ރަށްރަށުގެ ރައްޔިތުންކުރާ ދަތުރުތަކުގައި ރައިވެރިންނަށް ނުދެވޭތީ އެމީހުން އަތުން ނަގައި އުޅުނު ހަކުރު ނުވަތަ ތަކެތި)އިން 2/1ލާރި، އެތަކެތި ހަމައަށް ދޭންޖެހޭނެކަމުގާ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، މުހައްމަދު ހަނދޭގިރިން ކިއުމުން، ފަސްމަންދޫ އަލީ ހަކުރާވެތީގެ ދަރި މަލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. މީގާ، ހިސާބު އަކުރު ޖަހާފާވަނި، ހަށަނަރަބަޅަ އިންނެ. (Size: 11.65" X 7.9") R.An'golhitheemu - Endowment for Shrine (ziyaarai)

Creator(s)

Provenance

Other properties

contributor By Sultan Hassan Nooraddin
coverage Modern History
coverage The 1790s
date 1793
format Physical Medium
language Dhivehi
language Thaana
recordNumber R00390
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- An'golhitheemu-- Endowment for Shrine-- Ziyaarai
title R - An'golhitheemu - Miskithu Boaga?? Fatheh
transferredRecord Yes
type Manuscript