ކ - މާލެ – މއ.ކުދިރަތްމާގެ އުތުރުބައި – އަމިއްލަ ގޯތި ފަތެއް - ނަކަލެއް
Record
· http://example.org/archive/record-acc-95bc9f86-r00387
View OAIS mapping → View in graph → Edit →
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ބަނޑޭރި ދޮންމަނިކުގެ، މައްޗަންގޯޅި ބާމިސްކިތާ އިންވެ ދެކުނުން އޮތް ބޮއިގަސްދޮށުގޭ ދޮންހަސަންގެ ގޯއްޗާ އިންވެ އޮތް ކުދިރަތްމާގޭގެ، ކުރިބީގެއާ އިންވެ ހުޅަނގުން އޮތް ބަނޑޭރި ދޮންމަނިކުގެ ތުއްތުމަނިކެއަށް މިލްކުވެފާވާ ބައިގެ ކަންތައް ބަށްލަވާ، އެއީ، ހާޖީ ހުސެއިން ކަލޭފާނުންގެ ދަރިކޮޅަށް އޮތް ގޯއްޗެއް ކަމުގާ، 1369ހ ޖުމާދިލްއާހިރު 14(1950މ އޭޕްރިލް 2)ގާ، ހަތީބު ހުސެއިން އާއި، އައްނައިބު ހުސެއިން ބަންޑާރަ ނައިބު މަނިފާނުން ގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވެ، އަދި އެތަނުން، ބަނޑޭރި ދޮންމަނިކަށް މިލްކުވެފާވަނީ، އެ ހާޖީގެ އީސާ ކަލޭފާނުގެ އަލީކަލޭފާނުގެ ދޮށީތުއްތުއަށް މިލްކުވެފާވާ ބައި ކަމަށާއި، އެ ދޮށީތުއްތުގެ ބައި، އޭނާގެ ދަރި ބަނޑޭރި ދޮންމަނިކަށް ލިބި، އެ ދޮންމަނިކުގެ އަނބި، ހިމިތީ އާދަމް ތައްހާނުގެ ހަދީޖާފުޅުއަށް ހިބައިން ދީފާ އޮއްވާ، ހަދީޖާފުޅު ނިޔާވުމުން، އޭނާގެ ތަރިކަވެރިންނަށް، ފިރިހެނަކަށް 2ބައި، އަންހެނަކަށް 1ބައިގެ މަގުން، އޭނާގެ ތިން ދަރިން، ހުސެއިން މަނިކު، އިބަރާހިމް މަނިކު އަދި ތުއްތުމަނިކެޔަށް ލިބި، އަދި އިބްރާހީމް މަނިކުއަށް ވީ 2ބައި، -/160ރ އަށް އެ ތުއްތުމަނިކެ ގަނެ، ޝަރިއްޔަތުގެ ހާޒިރުގާ އަގު ދީ ހަލާސްކޮށް، އެގޯތީގެ 5/3އެ ތުއްތުމަނިކެއަށް މިލްކުވެފާވާ ކަން ސާބިތުވުމުން، އެއީ އޭނާގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް. Document on land ownership: Machchangoalhi Kudhiraiimaage (Size: 10" X 7.4") K - Male' - Ma.Kudhiraiymaage Uthurubai (Housing Plot) - Private Property
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1950s |
| date | 1956 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00387 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Kudhiraiymaage Uthurubai-- Housing plot-- Private property |
| title | K - Male' - Ma.Kudhiraiymaage Uthurubai - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |