ކ - މާލެ – ގ. އިލޮޅި ގޯތި - އަމިއްލަ ގޯތި ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00383

View OAIS mapping → View in graph → Edit →

1341ހ ޒުލްގައިދު 18(1923މ ޖުލައި 3)ގާ، މަހްކަމަތުލް ޝަރިއްޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރިއްޔަތު މަޖިލީހުގާ، ގަރަހިތަ އާދަމްފުޅުގެ ދަރި މުހައްމަދުފުޅު، އެމީހުންގެ ގަލޮޅު އިލޮޅި ގޯތިން، އޭނާގެ ބައްޕަޔަށް ވެ، އޭނާގެ މިލްކަކަށް ވެފާވާ ބަޔާއި، އަދި އެގޯތިން، ވަކައޮޅި ދޮންކޮއްކޮ، ހަލީމާފުޅު އަދި ދަލޭކާފުޅު އާއި، މި 3 މީހުންނަށް ވީބައި، އެމީހުންގެ ދަރިންނަށް ވެފާވަނިކޮށް، އެދަރީން އަތުން އޭނާ ގަތް ކަމަށާއި، އަދި އެދަބައި އެއްކޮށްލާ، އިމާއި، މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިލޮޅި ހަސަންގެ ދަރިންނަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތުން ސާބިތުވެ، އަދި މުހައްމަދުފުޅު އެތަން ގަތްކަމުގާ، ހެކިބަހުން ސާބިތުވުމުން، އެ ވިޔަފާރި ސައްހަ ކަމުގާ ނިޔާކޮށް، ގ.އިލޮޅިގޯތި އެއީ، ގަރަހިތަ މުހައްމަދުފުޅުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އެ މަހްކަމާއިން، އައްނައިބު އަބްދުއްލާ ލިޔެދީފާވާ ފަތުގެ 1367ހ ޒުލގައިދު 28(1948މ އޮކްޓޯބަރު 2)ގާ، 'މިއީ، މިފަތް ގެއްލިގެން، މިފަތް ލިއަވެއްޖެއުމަށް ދާންދެން މިފަތުގެ ވެރިޔާއަށް ދީފާވާ ނަގަލެކެވެ.' މިހެން ލިޔެ، އަބްދުއްލޯފަހުމީ ދީދީ ކޮށްފާވާ ނަކަލެއް. Document on land ownership: Galolhu Ilolhige (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - G.Ilhohi Goathi (Housing Plot) - Private Property

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1920s
date 1923
format Physical Medium
language Dhivehi
language Thaana
recordNumber R00383
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Lhohi Goathi-- Housing plot-- Private property
title K - Male' - G.Ilhohi Goathi - Amilla Goathi Fatheh
transferredRecord Yes
type Manuscript