ކ - މާލެ – މ.ރަތްކޮކާގެ(ކުރީގެ މާވަޑިގޯތި) - އަމިއްލަ ގޯތި ފަތެއް - ނަކަލެއް

Record · http://example.org/archive/record-acc-95bc9f86-r00376

View OAIS mapping → View in graph → Edit →

1339ހ ޒުލްގައިދު 7(1921މ ޖުލައި 13)ގާ، މަހްކަމަތުލް ޝަރީއްޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއްޔަތުގެ މަޖިލީހުގާ، މާފަންނު ސަރުދާރުންނާއި މުދިމުން؛ މާފަންނު ފައިފުހޭ މިސްކުތުގެ ހުޅަނގުން، ކުޑަކޮއްޓަށް ހިނގަން އޮތް މަގު ތެދުކުރުމުގެ ތެރޭގާ އުނިއިތުރުވެފާވާ އަމިއްލަގޯތިތަކުގެ މިން ހަމަކޮށްދެއްވުމަށް އެދުނު އެދުމުގެ ދަށުން، އެމަގުގެ ދެކުނުބައިގާ އޮތް، 1208ހ(1794މ)ގާ، ދަނޑުމަގު އަލީތަކުރު އާއި ހަސަން ތަކުރުއަށް މިލްކުވެފާވާ ކަމުގާ، އެތަނުގެ އިމާއި މިން ބަޔާންކޮށް، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާވާ، އަދި އޭގެ ފަހުން، ވަޑިކޮއިގެ ދަރިންނާއި، އޭނާޔާ އެއްބަނޑު ފާތުމާފުޅުގެ ދަރިންނާއި، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު އަށް ވިއްކާ، އޭނާއަށް މިލްކުވެފާވާ ކަމުގާ، 1339ހ މުހައްރަމް 8(1920މ ސެޕްޓެންބަރު 21)ގާ، ސަލާހުއްދީނު ބަންޑާރަނައިބުގެ މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވެ، މާފަންނު މާވަޑިގޯތި(ރަތްކޮކާގެ)ން މަދުވެފާވާ ބައި، އެނައިބު އަބްދުއްލޯގެ އެދުމުގެ މަތިން، އޭނާގެ މިލްކު ދަރަވަންދޫގެއަށް ލާ، އެ ގޯއްޗަކީ(މ.ރަތްކޮކާގެ) ނައިބު އަބްދުއްލޯ ކަމާލުއްދީނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އާ އިމާއި މިން ބަޔާންކޮށް، ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި، މި ސަފްހާގެ ތިރީގާ، 1374ހ ޝައްވާލް 21(1955މ ޖޫނު 12)ގާ، މަހްކަމަތުލް ޝަރީއްޔާއިން، މަތީގާ މުހާތިބުކޮށްފާވާ ގޯތި، ނައިބު އަބްދުއްލޯ ނިޔާވުމުން، އޭނާގެ ތަރިކަ ބަހައިގެން، އޭނާގެ ދަރި އައްޝެއިހު މުހައްމަދު ޖަމީލު ދީދީ އަށް މިލްވެފާވާ ކަމުގާ، މަހްކަމާއިން ލިޔެ، ސިއްކަޖަހާފާވާ ފަތުގެ ނަކަލެއް. Document on land ownership: Maafannu Raaikokaage (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - M.Raiykokaage (Kureege Maavadige) (Housing Plot) - Private Property

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1920s
date 1921
format Physical Medium
language Dhivehi
language Thaana
recordNumber R00376
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Raiykokaage-- Kureege Maavadige-- Housing plot-- Private Property
title K - Male' - M.Raiykokaage (Kureege Maavadi Goathi) - Amilla Goathi Fatheh
transferredRecord Yes
type Manuscript