ކ - މާލެ - ހ.ކަބުރުގޯތި - އަމިއްލަ(ގޯތި، ބަންޑާރަ ގޯއްޗާ ލާޖައްސާފަ) ފަތެއް

Record · http://example.org/archive/record-acc-95bc9f86-r00373

View OAIS mapping → View in graph → Edit →

މިކަރުދާހުގާ 3 ލިޔުމެއް ވެއެ. 1- 1362ހ ޝައްވާލް 24(1943މ އޮކްޓޯބަރު 24)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، ހެންވޭރު ބަންޑާރައެދުރުގެއާ އިންވެގެން އޮތް، ސިއްކަގޭ އަލިމަނިކުފާނުގެ މިލްކު ގޯތި އާއި، ހެންވޭރު ކޮލިހިނގާމަގާ އިންވެ އުތުރުން މީރުބަހުރުގެގެ އިރުން، އުތުރަށް އޮތް ގޯޅިއާ އިންވެ އިރުން އޮތް، ކަބުރުގޯތި އާއި، މި ދެގޯތި ބަދަލުކޮށް ލާޖައްސާދިނުމަށް، އެ އަލީ މަނކުފާނު އެދުމުން، އެކަން ގަބޫލުކޮށް، އެދެގޯތީގެ މިންއަޅާ، ލާޖައްސާ، އެ ކަބުރުގޯތި އެއީ، އެ ސިއްކަގޭ އަލިމަނިކުފާނުގެ މިލްކެއް ކަމުގާ، ލިޔެފާވާ ފަތުގެ ނަކަލެއް. 2- 1380ހ ރަބީލްއައްވަލް 23(1960މ ސެޕްޓެންބަރު 15)ގާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން؛ މަހްކަމަތުލް ޝަރީއްޔާގެ 448ނަންބަރު ގަޒިއްޔާއިން، ސިއްކަގޭ އަލިމަނިކުފާނުގެ މިލްކު ކަބުރުގޯތި، އައްނަބީލު އިބްރާހީމް ފަރީދު ދީދީއަށް، ހިބައިންދެއްވާފާވާ ކަމުގާ ސާބިތުވާކަމުގާ، އެފަނޑިޔާރު ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 3- 1380ހ ރަބީލްއައްވަލް 23(1960މ ސެޕްޓެންބަރު 15)ގާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން؛ އެ ކަބުރުގޯތި، އިބްރާހީމް ފަރީދު ދީދީ -/3000ރުފިޔާ އަށް، ސިއްކަގޭ އިބްރާހީމް ދީދީއަށް ވިއްކާ، އެގޯތި އޭނާއަށް މިލްކުވީ ކަމުގާ، މަހްކަމަތުލް ޝަރީއްޔާގެ 60/82ނަންބަރު ގަޒިއްޔާއިން ސާބިތުވާކަމުގާ، އެފަނޑިޔާރު ސޮއިކޮށް، ލިޔެވިފާވާ ލިޔުމެއްގެ ނަކަލެއް. Document on land ownership: Henveiru Kaburugoathi (Size: 10" X 7.4") 2. Chief Justices - Al Ghaazee Mohamed JK.Male' , 3. Chief Justices - Al Ghaazee Mohamed JK.Male' K - Male' - H.Kaburu Goathi (Housing Plot) - 1. Private Property, Housing plot (government), 2.Private Property, 3.Private Property

Creator(s)

Provenance

Other properties

contributor -
coverage Modern History
coverage The 1940s
coverage The 1960s
date 1. 1943, 2. 1960 3. 1960
format Physical Medium
language Dhivehi
language Thaana
recordNumber R00373
rights No known Restrictions on publication
source President's Office
storageLocation National Archives - Records Room Museum Building
subject Maldives-- Kaburu Goathi-- Housing plot-- Private property-- Government
title K - Male' - H.Kaburu Goathi - Amilla (Goathi, Bandaara Goachaa Laajahsaafa) Fatheh
transferredRecord Yes
type Manuscript