ކ - މާލެ – ގ.ކުރެދިވަރުގެ ހުރި ގޯތި - އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00367
View OAIS mapping → View in graph → Edit →
1355ހ ޒުލްހައްޖު 20(1937މ މާޗް 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއްޔަތު މަޖަލީހަށް، ކުރެދިވަރު އިބްރާހީމްފުޅުގެ ދަރި އާބަކުރު އާއި، ބާޑީގޭ އައިޝަތު ދީދީގެ ދަރި މުހައްމަދު ދީދީ އާއި ހާޒިރުވެ، ގަލޮޅު ސަބުދެރިޔާމަގާއި އިންވެ އޮތް ބާޑީގޭ އައިޝަތު ދީދި އާއި މަރިޔަމް ދީދީ އަށް މިލްކުވެ އޮތް ގޯތިން، އައިޝަތު ދީދީ އަށްވީ އެގޯތީގެ 2/1، މުހައްމަދު ދީދީ އަތުން، އާބަކުރު، -/200 ރުފިޔާއަށް ގަނެ އަގުދީ ނިންމައިފި ކަމުގާ ބުނެ، އެތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، މުހައްމަދު ދީދީ އެ މުއާމަލާތަށް އިގްރާރުވެ، އަދި އެގީތީގެ އިހުފަތް ކަމުގާވާ، 1291ހ(1874މ)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ބާޑީގޭ މޫސާދީދީގެ މިލްކު ގޯއްޗެއްކަން ސާބިތުވެ، އަދި އޭނާގެ ހުރިހާ ތަރިކައެއް އޭނާގެ ދަރި އަލީ ދީދީ އަށް މިލްކުވެ، އަލީ ދީދީގެ ތަރިކަ ބަހައިގެން، އެ ގޯތީގެ އުތުރުބައި އޭނާގެ ދަރި އައިޝަތު ދީދީ އަށް މިލްކުވީ(F4-10) ކަމާއި، އަދި އެ އައިޝަތު ދީދީގެ އިޒްނައާއެކި، އޭނާގެ ދަރި މުހައްމަދު ދީދީ އެ ގޯތި އާބަކުރަށް ވިއްކިކަން، އެމަޖިލީހަށް ސާބިތުވުމުން، ގަލޮޅު ސަބުދެރިޔާމަގާ އިރުބިތް އިންވެ، އުތުރުބިތް ސަބުދެރިޔާމަގުން ހުޅަނގަށް އޮތް ގޯޅިއާ އިންވެ، ދެކުނުން ބާޑީގެ މަރިޔަމްދީދީ އަށްވީތަނާ އިންވެ އޮތް ބާޑީގޯތީގެ މިބައި، ގ.ކުރެދިވަރުގެހުރި ގޯތި އެއީ، ކުރެދިވަރު އިބްރާހީމްފުޅުގެ ދަރި އާބަކުރުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. Document on land ownership: Kuredhivaru (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - G.Kuredhivaruge huri Goathi (Housing Plot) - Private Property
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1930s |
| date | 1937 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00367 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Kuredhivaruge huri Goathi-- Housing plot-- Private property |
| title | K - Male' - G.Kuredhivaruge huri Goathi - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |