ކ- މާލެ – ހ.ފެންގަޑުދޮށުގެ ގޯތި - އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00365
View OAIS mapping → View in graph → Edit →
1351ހ ޖުމާދިލްއައްވަލް 1(1932މ ސެޕްޓެންބަރު 2)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއްޔަތު މަޖިލީހަށް، ފޮއްވަޑި ދޮންކޮއްކޮގެ ދަރި އާދަމްފުޅު ހާޒިރުވެ، ދޮންއަދަރާދަމަގުގެ އިރުން އޮތް ކުރެންދޫ ހުސެއިން ތަކުރުގެ ދަރި މަރިޔަމްފާނުން، 2/1ވަގުފްކޮށްފާވާ ގޯތީގާ އޮތް އަމިއްލަބައިގެ ބެހެނިވެރިން ކުރެ، އައިޝާފާނު؟ގެ ދަރި އެދުރުދީދީގެ މަރިޔަމް ދީދީއަށް ވީތަނާއި، އެގޯއްޗާއި އިންވެ އިރުން އޮތް، މަސް އިސްމާއީލް ގޯތިން، އަލީ ދީދީ ދޮންމަނިކުގެ ދަރި ކަކާ ހަސަން މަނިކު ގަނެ، މިލްކޮށްފާވާ ތަނާއި، އެ ދެތަން، އެ އާދަމްފުޅު ގަނެ އަގުދީ ނިންމައިފި ކަމުގާ ބުނެ، އަދި އެތަނުގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، 1308ހ(1891މ)ގާ، ހަސަން ނޫރައްދީނު އިސްކަންދަރު ލިޔެދެއްވާފާވާ ފަތަކުން، ފުރަތަމަ ބުނެފާވާ ގޯތިކޮޅުގެ މިލްކުވެރިކަން ސާބިތުވެ، އަދި، 1348ހ(1929މ) ގައި މަހްކަމަތުލް ޝަރިއްޔާއިން ލިޔެފާވާ 194ނަންބަރު ފަތުން، ދެވަނައަށް ބުނެފާވާ ގޯތިކޮޅުގެ މިލްކުވެރިކަން ސާބިތުވުމުން، އެ މަޖިލީހަށް، ކަކާ ހަސަން މަނިކާއި، އެދުރުދީދީގެ މަރިޔަމް ދީދީގެ ފިރި މޫސާފުޅު އާއި، ދަރި އިބްރާހީމް މަނިކު ހާޒިރުކޮށް، އެތަންތަން އެ އާދަމްފުޅުއަށް ވިއްކާ، އަގު ހިފާ ނިންމާފާވާ ކަމުގާ އެތިންމީހުން އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، ހެންވޭރުގާ އޮތް ކުރެންދޫ ހުސެއިން ތަކުރުގެ މަރިޔަމްފާނުގެ ވަގުފް ގޯއްޗާއި އިންވެ، ހުޅަނގު ބިތް ދޮންއަދަރާދަމަގާ އިންވެ އޮތް ގޯތި(ހ.ފެންގަޑުދޮށުގޯތި) އެއީ، ފޮއްވަޑި ދޮންކޮއްކޮގެ އާދަމްފުޅުގެ މިލްކެއް ކަމުގަ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އެ މަހްކަމާއިން، އައްސައްޔިދު އަބްދުލް ގައްޔޫމް ލިޔެ، ހުސެއިން ސަލާހުއްދީނުގެ ސިއްކަ ޖަހާފާވާ ފަތުގެ ނަކަލެއް. އަދި މި ނަކަލުގެ ތިރީގާ، އެއަސްލުފަތުގެ ނުފުށުގާ، 1166މ ރަޖަބް 17؟؟؟(ބެލެވެނީ 1366ހ ރަޖަބް 17 ކަމުގާ)ތާރީހުކޮށް، 'މިފަތުގައިވާ ގޮވަތި، ޅަކޮއި މަރުވެގެން ޅަކޮއިގެ ތަރިކަ ބެހުމުގައި، މިޅަކޮއިގެދި ޖަމީލާއަށް މިލްކުވެއްޖެކަމުގެ ހަދާނަށް ލިއުނު ލިޔުން'، މިހެން ލިޔެފާވެއެ. (Size: 10" X 7.4") Chief Justices - Al Ghaazee Hussain Salahuddin K - Male' - H.Fengan'dudhoshu Goathi (Housing Plot) - Private Property
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1930s |
| date | 1932 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00365 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Fengan'dudhoshu Goathi-- Housing plot-- Private property |
| title | K - Male' - H.Fengan'dudhoshu Goathi - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |