ކ - މާލެ – ގ.ފައިނުގެ ހުރި ގޯތި - އަމިއްލަ ގޯތި ފަތެއް
Record
· http://example.org/archive/record-acc-95bc9f86-r00360
View OAIS mapping → View in graph → Edit →
1352ހ ރަބީލްއާހިރު (1933މ ޖުލައި)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހަށް، ކެންދޫ އަލީ ހާޖީ ގެ ދަރި ދަލޭކާފުޅުގެ ދަރި މަރިޔަމްފުޅުގެ ބައްޕަ، ފޯކައިދޫ ފިދަން މުހައްމަދު ގެ ދަރި އަލީ ތަކުރުގެ ދަރި ހުސެއިން ތަކުރާއި، އެ ހާޖީގެ ދަރި ކަތްދާފުޅުގެ އަންހެން ދަރީގެ ވާރުތަވެރި އަންހެން ދަރިއާއި، ދެމީހުން ހާޒިރުވެ، އެ ވާރުތަވެރި އަންހެނާ، އޭނާޔަށް އޭނާގެ މަންމައިން ވާރުތަވެ މިލްކުވެފާވާ، ގަލޮޅު ދޮންއަދަރާނަ މަގުގާ، ތުބުޅި އައިސަގެ ގޯއްޗަށް ވަންނަން އޮތް ގޯޅީގެ އުތުރުން އޮތް، އެ ހާޖީގެ ގޯތިން ލިބުނު، އެގޯތީގެ 8/3ގެ ބިންކޮޅު، އެ މަރިޔަމްފުޅުއަށް ވިއްކާ، އޭނާ ވާނީ އަގުދީ ހަލާސްކޮށްފާ ކަމުގާ ބުނެ، އެމަގަށް، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، މަރިޔަމްފުޅު، އެ 8/3ބައި ގަތުމުން، މުޅި އެގޯތި އޭނާގެ މިލްކަކަށް ވީކަން ސާބިތުވުމުން؛ އެތަން އެއީ ކެންދޫ އަލީ ހާޖީގެ ދަރި ދަލޭކާފުޅުގެ ދަރި މަރިޔަމްފުޅު އަށް މިލްކުވެފާވާކަން ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުއްލާ ލިޔެދެއްވި ފަތުގެ ނަކަލެއް. K - Male' - G.Fainuge huri goathi (Housing Plot) - Private Property Document on land ownership: Galolhu Fainuge (Size: 10" X 7.4") Chief Justices - Al Ghaazee Ismail Bahaauddin
Creator(s)
Provenance
Other properties
| contributor | - |
| coverage | Modern History |
| coverage | The 1930s |
| date | 1933 |
| format | Physical Medium |
| language | Dhivehi |
| language | Thaana |
| recordNumber | R00360 |
| rights | No known Restrictions on publication |
| source | President's Office |
| storageLocation | National Archives - Records Room Museum Building |
| subject | Maldives-- Fainuge huri goathi -- Hosuing plot-- Private property |
| title | K - Male' - G.Fainuge Huri Goathi - Amilla Goathi Fatheh |
| transferredRecord | Yes |
| type | Manuscript |